ads
ޖަސްޓިންގެ ކުރީގެ އަދި މިހާރުގެ
ޖަސްޓިން ބީބާ މޫނުގެ އެއްފަޅި ވާގި ނެތިއްޖެ
އޭނާ މިކަން ހާމަކޮށްފައިވަނީ ސޯޝަލް މީޑިއާއަށް ދޫކޮށްލާފައިވާ ވީޑިއޯ މެސެޖެއްގަ އެވެ.

ބީބާގެ އެ ވީޑިއޯގައި އޭނާ ބުނެފައިވާގޮތުން އޭނާ ދަނީ "ރަމްސޭ ހަންޓް ސިންޑްރޯމް" ތަހަންމަލު ކުރަމުންނެވެ. އޭގެ ސަބަބުން އޭނާގެ ކަންފަތާއި، ފޭޝިއަލް ނާރުތަކަށް އަސަރުކޮށް، އެއްފަޅި ވާގިނެތިފައި ވެއެވެ. 

"ރަމްސޭ ހަންޓް ސިންޑްރޯމް" އަކީ ކަންފަތުގެ ވަށައިގެން، މޫނުގައި ނުވަތަ އަނގައިގައި ގަދައަށް ރިއްސާ "ރޭޝް" އެއް އުފެދުމެވެ. އެއީ ވެރިސެލާ ޒޯސްޓަ ވައިރަސް ބޮލުގައި ހުންނަ ނާރަކަށް ޖެހުމުން ދިމާވާ ކަމެކެވެ.

ބީބާ ބުނީ އެހެންވެ އޭނާއަށް އެއްފަޅިން ހިނިތުން ނުވެވޭ ކަމަށާއި، އެއް ލޮލުން އެސްފިޔަ ނުޖެހި، ނޭފަތުގެ އެއްފަޅިވެސް "މޫވް" ނުކުރެވި، މޫނުމަތީގެ އެ ފަޅި އެއްކޮށް ވާގިނެތިފައިވާ ކަމަށެވެ.

އޭނާ ބުނީ އޭނާގެ ކުރިއަށް އޮތް ޝޯތައް ކެންސަލުކުރަން ޖެހިފައިވަނީ އޭނާގެ ސިއްހީ ހާލަތުގެ ސީރިއަސްކަމުން އެ ޝޯތައް ހުށަހެޅުމުގެ ގާބިލުކަން މިވަގުތު ލިބިފައިނެތުމުން ކަމަށެވެ. 

ނަމަވެސް އެކަން އެއްކޮށް ރަނގަޅުވާނެ ކަމަށާއި، އެކަމަށްޓަކައި ފޭޝިއަލް އެކްސަޒައިޒްތަކާއި ޓްރީޓުމެންޓުތައް ނަނގަމުންދާ ކަމަށެވެ. ނަމަވެސް އެކަމަށް ވަގުތު ބޭނުންވާނެތީ އަރާމުކޮށްލާ ފަސޭހަވާން ވަގުތު ދިނުމަށް އޭނާ ވަނީ ފޭނުންގެ ކިބައިން އެދިފަ އެވެ. 

"މިކަމަށް ނަނގާނެ ވަގުތެއް ނޭނގެ. އެކަމަކު ހުރިހާ ކަމެއްވެސް ރަނގަޅުވާނެ. މިއިން ކޮންމެ ކަމެއްވެސް ވާނީ ސަބަބެއް އޮވެގެން. އަހަރެން ގޯޑް އަށް ޓްރަސްޓުކުރަން. " ބީބާ ބުންޏެވެ.


މީގެ ކުރިން ބީބާ ވަނީ ނަފްސާނީ މައްސަލަތަކެއްވެސް ތަހަންމަލުކޮށްފަ އެވެ. އެއީ ލިބުނު މަޝްހޫރުކަމުގެ ތެރެއިން ޑްރަގަށް ގޮސް ހުސްވެ އެޑިކްޓުވެ އޭގެ ތެރެއިން ނުނިކުމެވިގެން އޭނާ އުޅުނު ދުވަސްވަރު ކަމަށް އޭނާ ބުނެފައިވެއެވެ. އެގޮތުން ނަފްސާނީ ގޮތުން ބަލިކަށިވެގެން ގޮސް އަމިއްލައަށް ފުރާނަ ދުއްވާލުމުގެ ހިޔާލު ވެސް އެއް ދުވަސްވަރެއްގައި އައި ކަމަށް އޭނާ ބުނެފައިވެއެވެ. 

ނަމަވެސް ފަހުން އޭނާވަނީ ޑްރަގުން ދުރުވުމަށާއި، އެމައްސަަލަތަކަށް ގިނަ ދުވަސްތަކެއް ވަންދެން ފަރުވާވެސް ހޯދާފަ އެވެ. މިހާރު އެމައްސަލަތައް ވަރަށް ބޮޑަށް ރަނގަޅުވެފައިވާކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ބީބާގެ މޫނުމަތީގެ އެ ފަޅި އެއްކޮށް ވާގިނެތުނުއިރު، އޭނާގެ އަންހެނުން ހެއިލީ ބީބާއަށްވެސް ވަނީ 2020ވަނަ އަހަރުތެރޭ ހަމުގެ މައްސަލައެއް ކަމަށްވާ "ޕެރިއޮރަލް ޑާމަޓައިޓިސް" ދިމާވެގެން ފަރުވާ ހޯދާފައެވެ. "ޕެރިއޮރަލް ޑާމަޓައިޓިސް" އަކީ އާއްމުކޮށް ތުންފަތް ކައިރީގައި ނަގާ ފިއްގަނޑެކެވެ. ބައެއް ހާލަތްތަކުގައި ލޮލާއި ނޭފަތް އަދި ނިތްކުރީގައި ވެސް މި ފިއްގަނޑު ނަގާފާނެ އެވެ. 

އޭނާވެސް އެފަހަރު އިންސްޓަގްރާމުގައި އެވާހަކަތައް ހިއްސާކުރިއެވެ. ހެއިލީ ބުނިގޮތުން އޭނާއަށް އެހެން ވާން ފެށީ 2019ވަނަ އަހަރުން ފެށިގެންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް