ads
އިސްމާއިލް ވިޝާމް އަދި މިޒްނާ އަހުމަދު
ބާ ކައުންސިލްގެ ރައީސްއަކަށް ވިޝާމް، ނައިބު ރައީސަކަށް މިޒްނާ
ބާ ކައުންސިލް އޮފް މޯލްޑިވްސްގެ ރައީސް ކަމަށް ލޯޔަރު އިސްމާއިލް ވިޝާމް އަދި ނައިބު ރައީސް ކަމަށް ލޯޔަރު މިޒްނާ އަހުމަދު އިންތިހާބުވެއްޖެ އެވެ.

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން ހޮވުމަށް ބާއްވި އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވަނީ ޖުމްލަ 765 އާންމު މެންބަރުންނެ ވެ.

އިއްޔެ ބޭއްވި އިންތިހާބުގެ ރަސްމީ ނަތީޖާއިން ދައްކާގޮތުގައި އާސިފް ރައީސްކަމުގެ މަގާމަށް ހޮވިފައިވަނީ ޖުމްލަ 270 ވޯޓު ކާމިޔާބުކޮށްގެންނެވެ. އޭނާއާއި ވާދަކުރި މުހައްމަދު ފައިސަލަށް ލިބުނީ 182 ވޯޓެވެ.

އަދި ނައިބު ރައީސްކަން މިޒުނާ ކާމިޔާބުކޮށްފައިވަނީ، ޖުމްލަ ވޯޓުލީ 437 މީހުންގެ ތެރެއިން 281 މީހުންގެ ތާއީދާއެކު އެވެ. މި މަގާމަށް އިތުރު މީހަކަު ކުރިމަތިލާފައި ނުވާތީ ނަނގާފައިވަނީ ފެންނަ ނުފެންނަ ވޯޓެކެވެ. މިޒްނާ އެމަގާމަށް އައްޔަންކުރަން ނުފެންނަ ކަމަށް 156 ވޯޓު ލިބިފައިވެއެވެ.

އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމަށް އިންތިހާބުވި ފަރާތްތައް

  1. ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު
  2. އިބްރާހީމް ޝަމީލް
  3. ސާދިހު ނަސީރު

ބާ ކައުންސިލްގެ މިހާރުގެ ރައީސް އަކީ މައުމޫން ހަމީދު އެވެ. އަދި ނައިބު ރައީސްއަކީ ކުރީގެ އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒު އެވެ.

މިހާރުގެ ހިންގާ ކޮމިޓީގެ ދައުރު ހަމަވަނީ އަންނަ ޖުލައި 13 ވަނަ ދުވަހަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް