ads
ޔޫކްރެއިން ސިފައިންގެ މީހެއް
ޔޫކްރެއިން އިން ހަތިޔާރު ހުސްވަނީ
ޔޫކްރެއިން އިން ހަތިޔާރު ހުސްވެދާނެކަމަށް ބުނެ އެ ގައުމުން އެހީއަށް އެދިއްޖެއެވެ.

ޔޫކްރެއިން އިން ބުނެފައިވަނީ އެ ގައުމުން ބަރު ހަތިޔާރު ހުސްވަމުން އަންނަކަމަށެވެ. އަދި އެ ގައުމުގެ ރައީސް ޒެލެންސް ކީ ވަނީ ނޭޓޯ އަދި ބަލްގޭރިއާއިން އެހީވުމަށް އެދިފައެވެ. 

ޔޫކްރެއިން އިން ބުނެފައި ވަނީ ރަޝިޔާ ބަލިކުރަން ޗާންސް އަކަށް ވެސް 60 މިސައިލް ލައުންޗަރު ބޭނުންވާކަމަށެވެ. 

ޔޫރަޕުން އެހީގެ ގޮތުގައި ފޮނުވަން އެއްބަސްވެފައިވާ ހަތިޔާރުން ނުފުދޭނެކަމަށް ވެސް ޔޫކްރެއިން އިން ވަނީ ބުނެފައެެވެ. 

އެ ގައުމުން ވަނީ ބަލްގޭރިއާގައި އެ މީހުންގެ ޓޭންކަރުތައް މަރާމާތު ކުރުމާއި، ބަރު ހަތިޔާރު ފޯރުކޮށްދިނުމަށް އެދިފައެވެ.

ޔަޝިޔާއިން ޔޫކްރެއިން އަށް އަރައި ކުރަމުން އަންނަ ހަނގުރާމައިގައި 14،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔާ ގާތްކުރާ އަދަކަށް މީހުންނަކީ އާންމުންނާއި ހަނގުރަމައިގައި ހާލުގައި ޖެހިފައިތިބޭ މީހުންނަށް އެހީވާން މަސައްކަތް ކުރި މީހުންނެވެ. 

 

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް