ads
ބެންގަލޫރާ ޕާރޯ އެފްސީ ކުޅުނު މެޗުގެ ތެރެއިން: ފޮޓޯ ބެންގަލޫރު އެފްސީ
އޭއެފްސީ ކަޕް: ޕްލޭ އޮފްގައި މާޒިޔާއާ ދެކޮޅަށް ބެންގަލޫރު
އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުމަށް ރާއްޖޭގެ މާޒިޔާ ނުކުންނަން ޖެހޭނީ ސަރަހައްދީ ގަދަ ބާރު، އިންޑިޔާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް ކަމަށް ހަމަ ޖެހިއްޖެއެވެ.

މާޒިޔާއާ ދެކޮޅަށް ކުޅޭނެ ބަޔަކަށް ބެންގަލޫރުވީ، ޕްރިލިމިނަރީ ބުރުގައި މިރޭ އަމިއްލަ ދަނޑުގައި ބޫޓާންގެ ޕާރޯ އެފްސީ ނުވަ ލަނޑު އެއް ލަނޑުން ބަލިކޮށް ދިހައެއް އެކެއްގެ އެގްރިގޭޓުން ނެވެ. 

މި ދެ ޓީމު ބޫޓާނުގައި ކުޅުނު މެޗުވެސް ކާމިޔާބުކޮށްފައިވަނީ ބެންގަލޫރު އެފްސީންނެވެ.

މާޒިޔާއާ ބެންގަލޫރު އެފްސީ ވާދަކުރާ ފުރަތަމަ މެޗު އޮންނާނީ އަންނަ ބުދަ ދުވަހު މާލޭގައެވެ. 

އޭނގެ ހަފުތާއެއް ފަހުން ދެ ޓީމު ބެންގަލޫރުގައި ކުޅުމަށް ފަހު އެގްރިގޭޓުން މޮޅުވާ ޓީމެއް ކުޅެން ޖެހޭނީ ގްރޫޕް ސްޓޭޖުގައި ވާދަކުރާނީ ރާއްޖޭގެ ޓީސީއާ، އިންޑިއާގެ ޗެންނާއީ އެފްސީ އަދި ބަންގްލަދޭޝްގެ ބަޝުންދްރާ ކިންގްސްއާ އެއް ގްރޫޕެއްގައެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް އަންނަ މަހު ފެށޭނެއެވެ.

އޭއެފްސީ ކަޕަށް ތައްޔާރުވުމުގެ ގޮތުން ޓީމު ވަރުގަދަ ކޮށްފައިވާ ބެންގަލޫރު އެފްސީންވަނީ މީގެ ކުރިން މާޒިޔާއާ ދެކޮޅަށް ދެ ފަހަރު ކުޅެ މޮޅުވެފައެވެ. 

މީގެ އިތުރުން ޕްލޭ އޮފްގައި ކުރިންވަނީ ޓީސީ ސްޕޯޓްސްވެސް ބޮޑު ތަފާތަކުން ބަލިކޮށްފައެވެ. 

އޭއެފްސީ ކަޕްގެ ފައިނަލްގައިވެސް ކުރިން ކުޅެފައިވާ ބެންގަލޫރު އެފްސީ ބަލިކޮށްފައިވާ ހަމައެކަނި ދިވެހި ޓީމަކީ، ނިއުރޭޑިއަންޓެވެ. 

ނިއުރޭޑިއަންޓްވަނީ މާލޭގައި ފަސޭހަ ކަމާއި އެކު ބެންގަލޫރު އެފްސީ ބަލިކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް