ads
ހުޅުމާލެ ދެވަނަ ފިޔަވަހި
މާބަލް ޝީޓުތަކެއްގެ ދެމެދުގައި ތާށިވެ މީހަކު މަރުވެއްޖެ
ހުޅުމާލެ ދެވަނަ ފިޔަވަހީގައި މާބަލް ޝީޓުތަކެއް ނަގަން އުޅުނިކޮށް ތާށިވި ދެބިދޭސީންގެ ތެރެއިން އެކަކު މަރުވެއްޖެ އެވެ.

އެދެމީހުން ތާށިވީ، ދެވަނަ ފިޔަވަހީގެ ޑިންގީ ޖެޓީ ސަރަހައްދުގައި ކޮންޓެއިނަރަކުން މާބުލް ޝީޓުތައް ނަގަން އުޅުމުގެ ތެރޭގައި ތާށިވެގެންނެވެ.

އެ ހާދިސާގައި ތާށިވި އަނެއް މީހާއަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

ފުލުހުން ބުނީ ކޮންޓެނަރުން ޝީޓުތައް ހުސްކުރަނިކޮށް އެދެމީހުން ތާށިވިކަމުގެ ރިޕޯޓެއް ލިބިފައިވަނީ މިއަދު 15:30 ހާއިރު ކަމަށެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް