ads
ދައުލަތުގެ ކާރެއްގައި އިންޑިއާ އައުޓް ޖަހާފަ——ފޮޓޯ:ސޯޝަލް މީޑިއާ
3 ވަޒީރެއްގެ ކާރުގައި “އިންޑިއާ އައުޓް” ޖަހައިފި
ތިން ވަޒީރެއްގެ ކާރުގައި “އިންޑިއާ އައުޓް” ސްޕްރޭކޮށްފި އެވެ.

އިންޑިއާ އައުޓް ސްޕްރޭކޮށްފައި ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަންގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއަށް ސަރުކާރުން ހަމަޖައްސާފައިވާ ކާރުގަ އެވެ.

ރައްޔިތުންގެ މަޖިލިސް ކުރިމަތީ އޮންނަ ޕާކިން ޒޯނުގައި އޮތް ކާރެއްގައިވެސް މިގޮތަށް ސްޕްރޭ ކޮށްފަ ވެއެވެ.

މިމަންޒަރު ފެންނަ ފޮޓޯތަކެއް ޝޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު، ފުލުހުންނަށްވެސް މިމައްސަލަ ވަނީ ހުށަހަޅާފަ އެވެ. ނަމަވެސް މިކަމާއި ގުޅިގެން މީހަކު އަދި ހައްޔަރެއް ނުކުރެއެވެ.

ތިން ވަޒީރެއްގެ ދައުލަތުގެ ކާރެއްގައި އިންޑިއާ އައުޓް ޖަހާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ގެކޮޅުގައި އިންޑިއާ އައުޓު ޖެހި މީހަކު މިފަހުން ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅާއި، ޕީޕީއެމް އޮފީހުގައި ޔާމީން ހައްޔަރުކުރަން ގޮވާލާ ސްޕްރޭކުރި މީހަކުވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް