ފުލުހުންގެ ރަސްމީ ޓުވިޓާ އެކައުންޓުގައި ކޮށްފައިވާ ޕޯސްޓުގައި ބުނެފަިއވަނީ އާންމު ފަރާތަކުން މަގުމަތިން ނަގައިގެން ފުލުހުންނާއި ހަވާލުކޮށްފައިވާ ދެ މުސަޅު އެބަހުރި ކަމަށާއި، މީގެ ވެރިފަރާތެއްވާނަމަ ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އެދޭ ކަމަށެވެ.
ގަލޮޅު ޕޮލިސް ސްޓޭޝަނަށް މި ދެމުސަޅު ގެންގޮސްފައިވަނީ މިދިޔަ ހުކުރު ދުވަހުގަ އެވެ.
ފުލުހުންގެ ޓްވީޓާގައި އެ ދެ މުސަޅުގެ ފޮޓޯ ވެސް ވަނީ އާންމު ކޮށްފަ އެވެ. އަދި އިތުރު މައުލޫމާތު ހޯދަން 963196 ނަމަބަރަށް ގުޅުމަށްވެސް ވަނީ އެދިފަ އެވެ.
ފުލުހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ތަކެތީގެ ވެރިފަރާތް ހޯދުމަށް ފުލުހުންގެ ވެބްސައިޓު މެދުވެރިކޮށް ފެންނާނެގޮތް ހަދާފައެވެ.