ads
ރަޝިޔާ ޓޭންކަރެއް
ރަޝިޔާގެ 40،000 އަށްވުރެ ގިނަ ސިފައިން މަރުވެއްޖެ
ޔޫކްރެއިން އަށް ރަޝިޔާއިން އަރައި ހަނގުރާމަކުރަން ފެށިފަހުން، ރަޝިޔާގެ 40،000 (ސާޅީސް ހާސް) އަށްވުރެ ގިނަ ސިފައިން މަރުވެފައިވާކަމަށް ޔޫކްރެއިންގެ ރައީސް ވްލެޑިމިއާ ޒެލެންސްކީ ވިދާޅުވެއްޖެވެ.

އޭޕްރީލް މަހުގެ ފަހުކޮޅުން ފަށައިގެން ކުރަމުން އަންނަ ހަނގުރާމައިގައި ރަޝިޔާ ފަޅިން މިހާ ގިނަ ސިފައިން މަރުވެފައިވާއިރު، މިކަން ރަސްމީކޮށް ރަޝިޔާ ފަޅިން އިއުލާނެއް ނުކުރެއެވެ. 

ރަޝިޔާގެ އެތައް ސިފައިންނެއް ޔޫކްރެއިންގެ މަގުތައް މަތީގައި މަރުވެފައިވާއިރު ވެސް އެ ސިފައިންގެ ހަށިގަނޑުތައް އަނބުރާ ރަޝިޔާއަށް ވެސް ނުގެންދާކަމަށް ޔޫކްރެއިން ސިފައިން ވަނީ ބުނެފައެވެ. 

ޔަޝިޔާއިން ޔޫކްރެއިން އަށް އަރައި ކުރަމުން އަންނަ ހަނގުރާމައިގައި ޔޫކްރެއިން ފަޅިން 14،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔާ ގާތްކުރާ އަދަކަށް މީހުންނަކީ އާންމުންނާއި ހަނގުރަމައިގައި ހާލުގައި ޖެހިފައިތިބޭ މީހުންނަށް އެހީވާން މަސައްކަތް ކުރި މީހުންނެވެ.

ޔޫކްރެއިން އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން، މިހާތަނަށް ޔޫކްރެއިންގެ ފަޅިން ކޮންމެ ދުވަހަކު 100 އާއި 200 އާއި ދެމެދުގެ ގެ އަދަދަކަށް ސިފައިން އަންނަނީ މަރުވަމުންނެވެ. އަދި ކޮންމެ ދުވަހަކު ޔޫކްރެއިންގެ 500 އަށްވުރެ ގިނަ ސިފައިން އަންނަނީ ޒަހަމްވަމުންނެވެ.



100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް