ads
ނަޝީދުު ފަރުވާ ހޯދަން ރާއްޖެއިން ބޭރުގައި ހުންނެވި ދުވަސްވަރުގެ ފޮޓޯއެއް:
ބޮމުގެ ހަމަލާ: ގާޒީއަށް އިންޒާރު ދިން މީހާ ސްޓެލްކޯ ވަޒީފާގައި
ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާ ބަލާ ގާޒީއަށް އިންޒާރު ދިން މީހާ އަދިވެސް އުޅެނީ ސްޓެލްކޯ ވަޒީފާގައި ކަމަށް އެމްޑީޕީން މިއަދު ބުނެފިއެވެ.

އެ ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް 6 މެއި 2021 ގައި ދިން ޙަމަލާގައި ތުހުމަރުކުރެވޭ މީހުންގެ ޝަރީޢަތް ބައްލަވާ އެއް ޤާޒީ، މައްސަލައިން ތަނާޒުލުވެވަޑައިގެންފައި ވާކަމީ، އެ ޕާޓީން ނުހަނު ކަންބޮޑުވާ ކަމެކެވެ.

މި މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާ ކްރިމިނަލް ކޯޓުގެ ޤާޒީ ތަނާޒުލުވެވަޑައިގަތީ، ތުހުމަތު ކުރެވޭ އެއް ފަރާތްކަމުގައިވާ މ.ކުދެހިގޭ އިސްހާގުގެ ދަރިއެއް، ގާޒީއަށް މީގެ ކުރިން އިންޒާރުދީފައިވާތީ ކަމުގައި ގާޒީ ވިދާޅުވެފައިވާކަމަށް އެމްޑީޕީން ބުނެއެވެ. 

"ގާޒީގެ ފަރާތްޕުޅުން، އެ އެޅުއްވި ފަޔަވަޅަކީ، އިންސާފުން ޝަރީޢަތް ކުރިއަށް ގެންދިއުމަށް މުހިންމުކަމަށް ވާއިރު، މި މައްސަލައިގެ އަޑުއެހުންތައް މެދުކެނޑުމެއްނެތި ގެންގޮސް ނިންމާލުމަކީ އެއަށްވުރެ މުހިންމު ކަމެއް ކަމުގައި ދެކެމެވެ. ނޫންނަމަ، މި ދަނޑިވަޅުގައި، ދައުލަތުގެ ވަކީލުންނަށާއި ހެކިވެރިންނަށް، ތުހުމަތު ކުރެވޭ އިޞްޙާޤު ދަރި ނުވަތަ އެހެން ފަރާތަކުން ވެސް، އަނެއްކާ ބިރުދެއްކުމަކީ އެކަށީގެންވާ ކަމެއް"

ގާޒީއަށް ތަނާޒުލުވެވަޑައިގަންނަވާން ޖެހިވަޑައިގަތީ، ތުހުމަތުކުރެވޭ އިސްހާގުގެ ދަރި އަދިވެސް ދޫވެފައި، އަދި  ސްޓެލްކޯގެ ވަޒީފާގައި ހުރުމަކީ އެމްޑީޕީން ކުށްވެރިކުރާ ކަމެއްކަމުގައި އެ ޕާޓީން ވަނީ ބުނެފައެވެ. 

"މި ޕާޓީން އެދެނީ، ކްރިމިނަލް ކޯޓުން ވީހާވެސް އަވަހަކަށް މި މައްސަލަ ބަލާ ބެންޗު އެކުލަވާލައި، އަޑުއެހުންތައް ވިދިވިދިގެން ގެންދިއުމަށެވެ. އަދި މި ބިރުދެއްކުމުގެ މައްސަލައަށް 6 މަހެއްވުރެ ގިނަ ދުވަސް ވެފައިވާއިރު، މި ޕާޓީން އެދެނީ ތަންފީޒީ އިދާރާތަކުން މިކަން ސަމާލުކަމާއެކީ ބައްލަވައި، ދަޢުވާކުރަން ފޮނުވުމަށް،"

އެމީހުންގެ މައްސަލަ ހައްލުނުކުރެވޭނަމަ، އެމީހުން ޓެގު އަޅުވައިގެން މޮނިޓާ ކުރުމަށް ވެސް އެމްޑީޕީން ވަނީ ގޮވާލާފައެވެ. 

ނަމަވެސް މި މައްސަލައިގައި ސްޓެލްކޯއިން ބުނެފައިވަނީ ގާޒީއަށް އިންޒާރު ދިން މީހާ އުޅޭ ހަބަރަކީ ތެދު ހަބަރެއް ނޫންކަމަށެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް