ads
ބޮމުގެ ހަމަލާގެ ތުހުމަތު ކުރެވޭ މ. ކުދެހިގެ، އިސްހާގު --
ބޮމުގެ މައްސަލަ ބަލާ ގާޒީ ބިރުން އުޅުމަކީ ހައްލެއް ނޫން: އެމްޑީޕީ
ރައީސް ނަޝީދަށް އަމާޒުކޮށްގެން 2021 ވަނަ އަހަރުގެ މެއިމަހުގެ ހަވަނަ ދިން ބޮމުގެ ހަމަލާގެ މައްސަލަ ކްރިމިނަލް ކޯޓުން ބައްލަވާ ގާޒީ މި މައްސަލައަށް ތަނާޒުލްވެ، މައްސަލައިން އެކަހެރިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފި އެވެ.

އެމްޑީޕީން ބުނީ މި މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާ ކްރިމިނަލް ކޯޓުގެ ޤާޒީ ތަނާޒުލުވެވަޑައިގަތީ، ތުހުމަތު ކުރެވޭ އެއް ފަރާތްކަމުގައިވާ މ.ކުދެހިގޭ އިސްޙާޤުގެ ދަރިއެއް، ޤާޒީއަށް މީގެ ކުރިން އިންޒާރުދީފައިވާތީ ކަމުގައި ޤާޒީ ވިދާޅުވި ކަމަށެވެ. 

ޤާޒީގެ ފަރާތްޕުޅުން، އެ އެޅުއްވި ފަޔަވަޅަކީ، އިންސާފުން ޝަރީޢަތް ކުރިއަށް ގެންދިއުމަށް މުހިންމުކަމަށް ވާއިރު، މި މައްސަލައިގެ އަޑުއެހުންތައް މެދުކެނޑުމެއްނެތި ގެންގޮސް ނިންމާލުމަކީ އެއަށްވުރެ މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށެވެ. 

އެހެން ނޫންނަމަ މި މައްސަލައިގައި ދައުލަތުގެ ވަކީލުންނަށާއި ހެކިވެރިންނަށްވެސް ބިރުދެއްކުމުގެ އަމަލު ކުރިމަތިވެދާނެކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ. 

ތުހުމަތު ކުރެވޭ ފަރާތް އިންސާފުގެ ކުރިމައްޗަށް ގެނެސް ޓެގުއަޅުވައި މޮނީޓާ ކޮށް ފާހަގަކުރަންޖެހޭ ކަމަށްވެސް އެމްޑީޕީން ވަނީ ބުނެފަ އެވެ. 

އެ މައްސަލަ ފަށައިގެން ކްރިމިނަލް ކޯޓުން ބަލަމުން އައީ ތިން ގާޒީން ހިމެނޭ ބެންޗަކުންނެވެ. އެ ބެންޗުގެ ރިޔާސަތުގައި އިންނަވާ ގާޒީ އާދަމް މުހައްމަދު އެ މައްސަލައިން ތަނާޒުލް ވުމުން ދެން ބެންޗުގައި ތިއްބެވީ ގާޒީ ޞަފްވަތު ހަބީބާއި ގާޒީ މުޙައްމަދު މިސްބާހުއެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ މ.ކުދެހިގެ އިސްހާގުގެ ދަރިއެއް ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް މުހައްމަދަށް އިންޒާރުދީފައިވަނީ މީގެ ހަމަސް ދުވަސް ކުރިންނެވެ. 

މިމައްސަލަ އާއި ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ފޮޓޯ ނޫސްތަކުގައި ނުޖެހުމަށް އެދިފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް