ads
ތައިމޫރުގެ މައިންބަފައިންނަށް އޭނާ ކޭކެއް އަޅައިދީފި
ސައިފް އާއި ކަރީނާގެ ދަރިފުޅު ތައިމޫރަކީ ބޮލީވުޑުގެ އެންމެ މަގުބޫލު އެއް "ސްޓާ ކިޑް" އެވެ. ތައިމޫރު ފެންނަ ކޮންމެ ތަނަކުން އޭނާއަށް ކެމެރާތައް އަމާޒުވެ އެވެ. އެކުއްޖާއާ ގުޅިގެން ފެތުރޭ އަޑުތަކަށް އެހާމެ ބޮޑު ސަމާލުކަމެއް ވެސް ލިބެ އެވެ.

ޖަވާނީ ޖާނެމަނުން އެންމެ ފަހުން ފެނިގެންދިޔަ ސައިފް ދާދިފަހުން ދިން އިންޓަވިއުއެއްގައި ވަނީ ތައިމޫރު ކެއްކުމަށް ލޯބިކުރާކަން ހާމަކޮށްފަ އެވެ. އެގޮތުން ސައިފް ދަރިފުޅަށް ކައްކައިދޭތޯ ސުވާލުކުރުމުން އޭނާ ވަނީ ވަރަށް ފަހުން ތައިމޫރު އޭނާއަށާއި ކަރީނާއަށް ކޭކެއް އަޅައިދިންކަމަށް ބުނެފަ އެވެ.

ކެއްކުމަށް ތައިމޫރު ހިތްޖެހިފައި ހުރިކަން ސައިފް ހާމަކުރިއިރު އެންމެ ފަހުން ތައިމޫރާ ގުޅިގެން އަޑުތައް އެރީ އެކުއްޖާ ބޯޑިން ސްކޫލަކަށް ފޮނުވަން އުޅޭ ކަމެވެ. 

މުމްބާއީގެ ޕްލޭ ސްކޫލެއްގައި މިހާރު ކިޔަވަމުން އަންނަ ތައިމޫރު އިންގްލޭންޑްގެ ބޯޑިން ސްކޫލަކަށް ފޮނުވަން އެ އާއިލާއިން ނިންމާފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ. 

ރިޕޯޓްތައް ބުނާ ގޮތުގައި ކިޔަވައިދިނުމަށް ތައިމޫރު ފޮނުވަން ނިންމާފައިވާ ބޯޑިން ސްކޫލަކީ ސައިފްގެ ބައްޕަ، މަންސޫރު އަލީ ޕަތައުޑީ އަދި އެއަށް ފަހު ސައިފް ވެސް އަދި ސަބާ އާއި ސޮހާ ވެސް ކިޔަވަން ދިޔަ ތަނެވެ.

ޕަޕަރާޒީންގެ އުނދަގޫ އިންތިހާއަށް ކުރިމަތިވެފައިވާ ތައިމޫރަށް އާދައިގެ ދިރިއުޅުމެއް ހޯދައިދޭން ބޭނުންވާ އޭނާގެ މައިންބަފައިން ގަބޫލުކުރާ ގޮތުގައި އެކަމަށް އޮތް ހަމައެކަނި ހައްލަކީ އޭނާ ބޯޑިން ސްކޫލަކަށް ފޮނުވުމެވެ. ނަމަވެސް މިހާރު މި ފެތުރެމުންދާ އަޑުތަކާ ގުޅިގެން ކަރީނާގެ އިތުރުން ސައިފް ވެސް އަދި އެއްޗެކޭ ނުބުނެ އެވެ. 

ކަރީނާ އާއި ސައިފް އަލީ ހާން ކައިވެނިކޮށްފައި ވަނީ 2012 ވަނަ އަހަރު އެވެ. އެ ދެމީހުންނަށް ދަރިއަކު ލިބިފައި ވަނީ 2016 ވަނަ އަހަރު އެވެ. ތައިމޫރަކީ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ކުއްޖެކެވެ.

56%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
44%
ވަރަށް ސަލާމް
ކޮމެންޓްސް