ads
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަރީފު
ގާޒީ އަށް އިންޒާރު ދިން މީހާ ސްޓެލްކޯގައި އުޅޭ ހަބަރު ދޮގުކޮށްފި
ގާޒީ އަށް އިންޒާރު ދިން މީހާ ސްޓެލްކޯގައި އުޅޭކަމަށް ބުނެ އެމްޑީޕީން ނެރުނު ނޫސް ބަޔާނާއި ގުޅިގެން ލިޔެފައިވާ ހަބަރު ސްޓެލްކޯއިން ދޮގުކޮށްފިއެވެ.

އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް 6 މެއި 2021 ގައި ދިން ޙަމަލާގައި ތުހުމަރުކުރެވޭ މީހުންގެ ޝަރީޢަތް ބައްލަވާ އެއް ޤާޒީ، މައްސަލައިން ތަނާޒުލުވެވަޑައިގެންފައި ވާކަމީ، އެ ޕާޓީން ނުހަނު ކަންބޮޑުވާ ކަމެކެވެ.

"ގާޒީއަށް ތަނާޒުލުވެވަޑައިގަންނަވާން ޖެހިވަޑައިގަތީ، ތުހުމަތުކުރެވޭ އިސްހާގުގެ ދަރި އަދިވެސް ދޫވެފައި، އަދި ސްޓެލްކޯގެ ވަޒީފާގައި ހުރުމަކީ އެމްޑީޕީން ކުށްވެރިކުރާ ކަމެއް،" އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މި މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާ ކްރިމިނަލް ކޯޓުގެ ގާޒީ ތަނާޒުލުވެވަޑައިގަތީ، ތުހުމަތު ކުރެވޭ އެއް ފަރާތްކަމުގައިވާ މ.ކުދެހިގޭ އިސްހާގުގެ ދަރިއެއް، ގާޒީއަށް މީގެ ކުރިން އިންޒާރުދީފައިވާތީ ކަމުގައި ގާޒީ ވިދާޅުވެފައިވާކަމަށް އެމްޑީޕީން ބުނެއެވެ.

ނަމަވެސް މި ހަބަރާއެކު ކުރެއްވި ޓްވީޓެއްގައި ސްޓެލްކޯގެ އެމްޑީ ޝަރީފް ވިދާޅުވީ، "ސްޓެލްކޯގެ ރެކޯޑުތައް ފެންނަގޮތުން މި ހަބަރުގައި ގައި މި ވަނީ ސައްހަ މައުލޫމާތެއް ނޫން،" ކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް