ads
ނަޝީދު އަދި އަސްލަމް
މޫނަކަށް ކަނދުރާއަކަށް ނުބަލާނަން، ފިޔަވަޅު އަޅާނަން: އަސްލަމް
މޯލްޑިވިއަން ޑިމޮކްރެޓިވް ޕާޓީ (އެމްޑީޕީ)ގެ ޕާލިމެންޓްރީ ގުރޫޕުން ނިންމާ ނިންމުންތަކަށް މެންބަރުން ފުރިހަމައަށް ތަބާވާންޖެހޭނެ ކަމަށާއި، ނިންމުންތަކާއި ހިލާފުވާ ފަރާތްތަކަށް އުސޫލުގެ ތެރެއިން އަޅަން އޮންނަ ފިޔަވަޅު އަޅުއްވާނެ ކަމަށް ޕާލިމެޓްރީ ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން އިއްޔެ ނިންމާފައިވާއިރު އެކަމާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ދެކޮޅު ހައްދަވާފައެވެ. އަދި ރައީސް ނަޝީދު ހިމެނޭ ގޮތަށް 19 މެންބަރަކުވެސް ވަނީ ވިޕްލައިނަށް ތާއީދު ނުކުރައްވާނެކަން މީޑިޔާތަކުގައި ވަނީ އަޑުފެތުރިފަ އެވެ.

"ސީއެންއެމް"އަށް މިއަދު ދެއްވި އިންޓަވިއުގައި އަސްލަމް ވިދާޅުވީ ބައެއ ފަރާތްތަކުން ބޮޑު މަގާމެއް ލިބުމުން ގާނޫނާއި ގަވައިދުގެ މަތިންވެސް ހަނދާން ނެތިގެންދާކަމަށެވެ. އަދި ވިދާޅުވީ ކިތަންމެ ބޮޑު މަގާމެއް ލިބިފައިހުރިނަމަވެސް ނިންމުންތަކާއި، ހިލާފުވުމުން ފިޔަޅު އެޅުމުގައި ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. 

"މިސާލަކަށް އީވާ ބަލަމާ ދެއްތޯ. މި ޕާޓީގައިވެސް އޮންނާނެ ގަވައިދެއް. އެޅިދާނެ ފިޔަވަޅުތަކެއްވެސް. މިކަމުގައި ނުބަލާނަނަން މަގާމަކަށް އެހެން ކަމަކަށްވެސް." އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ބައެއް މެންބަރުން އެޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ނިންމުންތަކަށް ތާއީދު ނުކުރާ ކަމަށް މީޑިޔާ ތަކުގައި ފެންނަމުންދާ ކަމަށެވެ. އަދި ވިދާޅުވީ ނިންމުންތަކަށް އިހުތިރާމް ނުކުރާނަމަ ފިޔަވަޅު އެޅުމުގައި އެއްވެސް މީހެއްގެ މޫނަކަށް ކަނދުރާއަކަށް ނުބައްލަވާނެ ކަމަށެވެ. 

"އަޅުގަނޑުގެ މޭޒުމަތީގައި އޮންނާނެ ޕާލިމެންޓްރީ ގުރޫޕުގެ ގަވައިދު. އޭގެ ހުންނާނެ އަޅާނެ ފިޔަވަޅުތައްވެސް. ނޯންނާނެ އެކެއްގެވެސް މޫނަކަށް ކަނދުރާއަކަށް ބެލުމެއް." އަސްލަމް ވިދާޅުވި އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގައި 65 މެންބަރުން ތިއްބެވިއިރު 19 މެންބަރަކު ވިޕްލައިނާ ހިލާފުވެފައިވާކަމަށް އަޑުފެތުރިފައިވާ ކަމަށް އިޝާރާތްކުރައްވައި އަސްލަމް ވިދާޅުވީ ބައެއް މެންބަރުން އެގޮތަށް ވިދާޅުވިނަމަސް އެމަނިކުފާނަށް ގުޅުމަށްފަހު ޕާޓީގެ ވިޕްލައިނާ ހިލާފު ނުވާނެކަމަށްވެސް ބުނެފަިއވާ ކަމަށެވެ. ނަމަވެސް އެއީ ކޮންކޮން މެންބަރުންނެއް ކަމެއް އަސްލަމް ހާމައެއް ނުކުރައްވަ އެވެ. 

"އެބަހުރި އަޅުގަނޑަށް ގުޅާފަ ބައެއް މެންބަރުން ބުނެފަވެސް ހިލާފެއް ނުވާނަމޭވެސް. އަދި ހަމަ މިކަންކަމާއި ގުޅިގެން ވާހަކަ ދެއްކެނީ ދެއްތޯ. އަދި ގޮތެއް ނުނިމެއެއްނޫންތޯ." އަސްލަމް ވިދާޅުވި އެވެ.

ވިޕްލައިނާ ބެހޭގޮތުން ކަންކަން ނިންމުމުގެ ކުރިން ބަހުސް ކުރަން ޖާގަ ނުދީ ނެރޭ ވިޕްލައިނަކަށް ތަބާ ނުވާނެ ކަމަށާއި "ހަދާނެ އެއްޗެއް ހަދަންވީ" ކަމަށް ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ ވަނީ މިއަދު ވިދާޅުވެފައެވެ

71%
ކަމުގޮސްފި
29%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް