ads
އިބްރާހިމް މުހައްމަދު ދީދީ
ސްޓެލްކޯގެ ޗެއާމަނަކަށް އިބްރާހިމް ދީދީ މިއަދު ހަމަޖައްސައިފި
ސްޓެލްކޯގެ ޗެއާމަނަކަށް ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ މިއަދު ހަމަޖައްސައިފިއެވެ.

އިބްރާހިމް ދީދީ އަކީ ކުރިން ސިފައިންގޭގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކޮށްދެއްވާފައިވާ ބޭފުޅެކެވެ. އިބްރާހިމް ދީދީ ވަނީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރުންކަން ވެސް ކުރައްވާފަ އެވެ. 

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު (ޕީސީބީ)ން އިބްރާހިމް މުހައްމަދު ދީދީ މިއަދު އެ މަގާމަށް ހަމަޖެއްސީ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ރަޝީދު އަވަހާރަވުމާ ގުޅިގެން، އެ މަގާމު ހުސްކޮށް އޮންނަތާ ފަސް މަހަށް ވުރެ ގިނަ ދުވަސްވީ ފަހުންނެވެ.

އިބްރާހިމް ދީދީ އަކީ އެމްޑީޕީއަށް ނިސްބަތްވާ އެ ޕާޓީގެ މެންބަރެކެވެ. 

މީގެ ކުރިންވެސް ވަނީ ސްޓެލްކޯގެ މަގާމުތަކަށް ބައެއް ބަދަލުތައް ގެނެސްފަ އެވެ. އެގޮތުން ކުރިން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި ހުންނެވި ހަސަން މުގުނީ އެ މަގާމުން ވަކިކުރުމަށްފަހު މިހާރު އެ މަގާމުގައި ހުންނެވީ އިލެކްޝަން ކޮމިޝަނުގެ ކުރީގެ ރައީސް އަހުމަދު ޝަރީފެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް