ads
އެސްޓިއޯއިން ހަކުރު ބަސްތާތަކެއް ގުދަން ކުރުމަށް ހަރަކާތްތެރިވަނީ
ހާއްސަ ހުއްދައިން އިންޑިޔާއިން ރާއްޖެއަށް 520 ޓަނުގެ ހަކުރު ވިއްކަނީ
ހާއްސަ ހުއްދައިގެ ދަށުން އިންޑިޔާއިން ރާއްޖެއަށް 520 ޓަނުގެ ހަކުރު ވިއްކަން ނިންމާފައިވާ ކަމަށް އިންޑިއާ ސަރުކާރުން ނިންމައިފި އެވެ.

ހާއްސަ ހުއްދައިގެ ދަށުން، އިންޑިއާ އިން ރާއްޖެ އަށް 520 ޓަނުގެ ހަކުރު ވިއްކަން އިންޑިއާ ސަރުކާރުން ނިންމައިފި އެވެ.

އިންޑިޔާގެ ސަރުކާރުން މިގޮތަށް ނިންމާފައިވާކަން އެގައުމުގެ ބައެއް ނޫސްތަކުގައި ވަނީ ރިޕޯޓް ކޮށްފަ އެވެ. 

ޔޫކްރެއިންގެ ހަނގުރާމަ އާއި ގުޅިގެން އިންޑިއާ އަށް ކުރިމަތިވެފައިވާ އިގުތިސޯދީ ހާލަތު ދައްވުމުން އިންޑިއާ ސަރުކާރުން ނިންމާފައިވަނީ ހާއްސަ ހުއްދައިގެ ތެރެއިން ނޫން ގޮތަކަށް އެގައުމުން އެއްވެސް މުދަލެއް އެކްސްޕޯޓްކުރުން މަނާކޮށްފަ އެވެ. 

އިންޑިއާ އިން ރާއްޖެ އަށް ހަކުރު ވިއްކަން ނިންމާފައިވަނީ ދެ ގައުމުގެ މެދުގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުންނެވެ. އެ އެއްބަސްވުމުގެ ދަށުން، އެ ގައުމުން 520 ޓަނުގެ ހަކުރު 90 ދުވަހުގެ ތެރޭގައި އެސްޓީއޯ އަށް ދޫކުރަން ނިންމާފައިވެ އެވެ.

މީގެ ކުރިން އިންޑިއާއިން ވަނީ އެގައުމުން ރާޢްޖެ އެތެރެކުރާ ގޮދަން ފުށް ބޭރުކުރުން މަނާކޮށްފަ އެވެ. މިކަމާއި ގުޅިގެން އެސްޓިއޯއިން ކުރިން ބުނެފައިވަނީ ރާއްޖެއަށް ގޮދަންފުށް އެތެރެކުރަނީ ހަމައެކަނި އިންޑިއާއިން ނޫން ކަމަށެވެ. އަދި ރާއްޖެއަށް އަބަދުވެސް ބޭނުންވާ ވަރަށް ގޮދަންފުށް އެސްޓިއޯއިން ލިބެން ހުންނާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް