ads
މިނިސްޓަރ އަސްލަމް އަދި ރައީސް
ރައީސް ވިދާޅުވި ގޯތިތައް ދޫކުރުން މި މަހުގެ ސައްބީހުގައި
ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވި ތިންހާސް ގޯތި ދޫކުރުން މި މަހުގެ ސައްބީސްވަނަ ދުވަހު ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. އަސްލަމް މިހެން ވިދާޅުވީ މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވަނީ މި ހިނގާ ޖޫން މަހުގެ ތެރޭގައި މާލޭގެ މީހުންނަށް ގޯތި ދޫކުރުމަށް ހުޅުވާލަން ނިންމާފައިވާ ކަމަށް އިއުލާން ކުރައްވައިފަ އެވެ. އެއީ ތިން ހާސް ގޯއްޗެވެ. ސަރުކާރުން ނިންމާފައި ވަނީ މާލޭގެ މީހުންނަށް ހުޅުމާލެ ދެވަނަ ފިޔަވަހިން 1،000 ގޯއްޗާއި ގުޅިފަޅުން 2،000 ގޯތި ދޫކުރާށެވެ.

މާލެ ސަރަހައްދުން ގޯތި ދިނުމުގެ މަސައްކަތް ދެން އޮތީ. އެ މަސައްކަތް، ރައީސުލް ޖުމްހޫރިއްޔާ ދާދި ފަހުން އިއުލާނުކުރައްވާފައި ވަނީ މިމަހުގެ ތެރޭގައި އެކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވައިލާނެ ކަމަށް. އަޅުގަނޑު މި އުއްމީދުކުރަނީ 26 ގައި އެ އިއުލާނު އަޅުގަނޑުމެންނަށް ކުރެވިގެންދާނެ ކަމަށް

ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ގޯތި ދޫކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދެކެވެ. މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމުގެ އިތުރުން ފްލެޓްގެ ޕްރޮޖެކްޓްތައްވެސް މިހާރުވެސް އެބަ ހިނގައެވެ. އެންމެ އަވަހަށް އާއްމުކޮށް ހުޅުވާލުމަށް ތައްޔާވުވެފައިވަނީ ވިނަރެސް ފްލެޓްގެ ޕްރޮޖެކްޓެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް