ads
ވިލިމާލޭގެ މަގެއް--
ވިލިމާލޭގެ ދެ ސަރަހައްދެއްގައި 24 ގަޑިއިރު ވިޔަފާރި ކުރެވޭ ގޮތް ހަދައިފި
ވިލިމާލޭގައި 24 ގަޑިއިރު ވިޔަފާރި ކުރެވޭނެ ދެ ސަރަހައްދެއް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ސައި ހޮޓަލާއި ރެސްޓޯރަންޓް ހިންގުމުގެ ގަވައިދާއި ކެންޓީނާއި ބެހޭ ގަވައިދު އަދި އިމްޕޯޓް މުދަލުގެ ވިޔަފާރިކުރުމުގެ ގަވައިދުގެ ދަށުން ވިލިމާލޭގައި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަދީފައި ވަނީ އެރަށު ފެރީ ޓާމިނަލާއި އެ ރަށު ވާރުހިނގުމުގައި ހުންނަ ވިޔަފާރި ތަކަށް ކަމަށެވެ.

24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދޫކުރަނީ ހުއްދައަށް އެދޭ ތަންތަނުގައި ފުރިހަމަ ވާންޖެހޭ ކަންކަން ފުރިހަމަވެފައި ހުރިތޯ ބެލުމަށް ފަހެވެ. މިފަދަ ވިޔަފާރިތައް ނަމާދު ވަގުތަށް ބަންދުކުރުން ފިޔަވައި އެހެން ހުރިހާ ވަގުތެއް ވެސް ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާފައި ބަހައްޓަން ޖެހެ އެވެ.

މާލޭގައި އާއި ހުޅުމާލޭގައި ވެސް 24 ގަޑިއިރު ހިދުމަތްދޭ ވިޔަފާރިތައް ހުރިއިރު އެތަންތަނުގައި ހުންނަން ޖެހޭ މިންގަނޑުތަކާއި ހިލާފަށް ވިޔަފާރި ކުރާނަމަ، ފުރަތަމަ ފަހަރު ހަ މަހަށް ހުއްދަ ހިފަހައްޓަ އެވެ. އަދި އެކަން ތަކުރާރުކޮށްފިނަމަ 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ބާތިލު ކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް