ads
މޯލްޑިވިއަންގެ ފްލައިޓެއް--
މިއަދު މޯލްޑިވިއަނުން ގަމަށް ހެޔޮ އަގުގައި ދަތުރުކުރެވޭނެ
ލ. ގަމުން އަދި ގަމަށް މިއަދު ކުރާ ދަތުރުތަކުގެ އަގު އުޅޭނީ 849 ރުފިޔާގައި ކަމަށް މޯލްޑިވިއަނުން ބުނެފި އެވެ.

މޯލްޑިވިއަނުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ގަމަށް ހާއްސަ ސޭލެއް ފަށާފައިވާ ކަމަށާއި އެގޮތުން މިއަދު ގަމަށް ކުރާ ދަތުރުތަކާއި އަދި ގަމުން ކުރާ ދަތުރުތަކުގެ އެއްކޮޅު ޓިކެޓް އުޅޭނީ 849 ރުފިޔާގައި ކަމަށެވެ. 

ހަމައެކަނި މިއަދަށް ކުރިއަށް ގެންދާ މި ސޭލުގައި މިއަދު ގަމަށް ދަތުރުކުރާ Q2 106 އާއި Q2 107 ފްލައިޓުން މިއަގުގައި ދަތުރު ކުރެވޭނެ އެވެ. ބުކިން ހެދުމަށް ގުޅަން ޖެހޭނީ 3335544 އަށެވެ. 

ދޭތެރެ ދޭތެރެއިން މޯލްޑިއަނުން ހާއްސަ އަގުތަކުގައި އެކި ކަންކޮޅުތަކަށް ދަތުރުކުރެވޭނެ ގޮތް ހެދުމަށްޓަކައި ޕްރޮމޯޝަންތައް ވެސް ކުރިއަށް ގެންދެ އެވެ.

މޯލްޑިވިއަން އަކީ ރާއްޖޭގެ ހުރިހާ އެއާޕޯޓަކަށް ދަތުރުކުރާ ހަމައެކަނި އެއާލައިނެވެ. އަދި މޯލްޑިވިއަން ގެންދަނީ ދުނިޔޭގެ އެހެން ބައެއް ގައުމުތަކަށް ވެސް ދަތުރުކުރަމުންނެވެ.

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
60%
ވަރަށް ސަލާމް
ކޮމެންޓްސް