ads
ފޮޓޯ: އެމްއެންޑީއެފް
ޑައިވިން ދޯންޏެއް ފުވައްމުލަކު ނެރު އެތެރެ ފަޅިއަށް އަރައިފި
ޑައިވިން ދޯންޏެއް ޏ. ފުވައްމުލަކު ނެރު އެތެރެ ފަޅިއަށް އަރައިފި އެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ، ޑައިވިން ދޯންޏެއް ފުވައްމުލަކު ނެރު އެތެރެ ފަޅިއަށް އެރި ކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 10:20 ހާއިރު ކަމަށެވެ. އަދި އެ ދޯނީގައި ހުރި ޑައިވިން ސާމާނު ނެގުމުގައި އެމްއެންޑިއެފުން ހަރަކާތްތެރި ވަމުން އަންނަކަމަށް މައުލޫމާތު ދީފައިވެ އެވެ. 

އަދި މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެއެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް