ads
އަންހެނުން ކޮމިޓީގެ އެމްޑީޕީ ޕްރައިމަރީ ފަސްކޮށްފި
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި، މޯލްޑިވިއަން ޑިމޮކްރަކިޓް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓުުން ހޯދުމަށް ބާއްވާ ޕްރައިމަރީ ފަސްކޮށްފި އެވެ.

މީގެ ކުރިން އެމްޑިޕީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައި އޮތީ، 14 ފެބްރުއަރީ ވާ ހުކުރު ދުވަހު އެވެ. އެހެން ނަމަވެސް އެމްޑީޕީން ބުނެފައިވަނީ، އެ އިންތިހާބު 17 ފެބްރުއަރީ ވާ ހޯމަ ދުވަހަށް ފަސްކޮށްފައިވާ ކަމަށެވެ. އަދި އެ ދުވަހު ވޯޓުލުން އޮންނާނީ މެންދުރުފަހު 2:30 އިން ރޭގަނޑު 7:30 އަށް ކަމަށް ވެސް އެމްޑީޕީން މައުލޫމާތު ދީފައިވެއެވެ. 

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓުުން ހޯދުމަށް ބާއްވާ ޕްރައިމަރީގައި ޖުމުލަ 652 ކަނބަލުން ބައިވެރިވެފައިވެ އެވެ. 

އެމްޑިޕީން ބުނެފައިވަނީ އެޕްރައިމަރީގައި ވޯޓްދެވޭނީ އެކެއް ޖެނުއަރީ 2020 ގެ ކުރިން އެޕާޓީގެ މެމްބަރުންގެ ދަފްތަރުގައި ހިމެނިފައިވާ ޕާޓީ މެމްްބަރުުންނަށް ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް