ads
އިންޑިއަގައި ކުރިއަށްދާ މުޒާހަރާގެ ތެރެއިން
"އަގްނީ ޕަތް" ސްކީމާ ދެކޮޅަށް އިންޑިއާގައި ހޫނު މުޒާހަރާތަކެއް
އިންޑިއާގެ އަސްކަރިއްޔާއަށް ޒުވާނުން ވެއްދުމަށް އަމާޒުކޮށް ހުންގާ "އަގްނީ ޕަތް" ސްކީމާއި ދެކޮޅަށް އެގައުމުގައި ހޫނު މުޒާހަރާތަކެއް ކުރަންފަށައިފިއެވެ.

މި ސްކީމަކީ އުމުރުން 17 އަހަރާއި ހަ މަސް ދުވަހުން ފެށިގެން ގޮސް އުމުރުން 21 އަހަރާއި ދެމެދުގެ ޒުވާނުންނަށް ހާއްސަކޮށް އިންޑިއާގެ ޑިފެންސް މިނިސްޓްރީން އާންމުކޮށްފައިވާ ސްކީމެކެވެ. 

މި ސްކީމާ ދެކޮޅަށް އިންޑިއާގެ ބިހާރުގެ ނަވާޑާގައި ބުދަ ދުވަހު ފެށި މުޒާހަރާތައް މިއަދު ވެސް ދަނީ ކުރިއަށެވެ. އެތައް ހާސް ބަޔަކު ނުކުމެ ގެންދަނީ މުޒާހަރާ ކުރަމުންނެވެ. މި މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް އިންޑިއާ ފުލުހުން ވަނީ ކަރުނަ ގޭސް ޖަހައި ބައެއް މީހުން ބަންދުކޮށްފައެވެ.

މި ސްކީމުގައި ބައިވެރިވާ ޒުވާާނުންނަށް، ސިފައިންގެ އެންމެ ވަރުގަދަ ޓްރެއިނިން ދީ އިންޑިއާ ސިފައިންގެ ކުރީ ސަފުގައި މަސައްކަތް ކުރުމުގެ ޗާންސް ލިބެއެވެ. މުސާރައިގެ ގޮތުގައި 30 ހާހާއި 40 ހާހާއި ދެމެދުގެ އަދަދަކަށް މުސާރަލިބެއެވެ. އަދި ވަކިވާއިރު ވެސް ގިނަ އަދަދެއްގެ ފައިސާ ލިބެއެވެ.

ނަމަވެސް، މި ސްކީމުގައި ބައިވެރިވާ ޒުވާނުންނަށް ސިފައިންގެ ތެރޭގައި މަަސައްކަތް ކުރުމުގެ ފުރުސަތު ލިބެނީ ގާތްގަނޑަކަށް، ހަތަރު އަހަރު ދުވަހުއެވެ. 

މިކާއި ދެކޮޅަށް އަޑުއުފުލާ މީހުން ބުނަނީ "އަގްނީ ޕަތް" ސްކީމުގެ ސަބަބުން ޒުވާނުންނަށް ސިފައިންގެ އުކުޅުތައް ދަސްވާކަމަށެވެ. އަދި ފަހުން ސިފައިންގެ ޓްރެއިންނާއެކު މަސައްކަތް ކުރި ގިނަ ބަޔަކު ވަޒީފާ ގެއްލި މަގުމަތިވާކަމަށެވެ. 

ނަމަވެސް އިންޑިއާގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ "އަގްނީޕަތް" ސްކީމް ނިންމާފައިވާ ފަރާތްތަކަށް ސަރުކާރުން ވަޒީފާ ހޯދަން އުނދަގޫވަނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް