ads
މާލެ--
ދެ ކުދިންގެ ގައިގޯޅި މަންޒަރު ވީޑިއޯ ކުރި މީހާ ހައްޔަރެއް ނުކުރޭ!
ބެލްކަންޏެއްގައި ކުޑަ ދެ ކުއްޖަކު ގައިގޯޅިވާ މަންޒަރު ވީޑިއޯކޮށް ސޯޝަލް މީޑިއާގައި އާންމުކުރި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ އެމައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށާއި ނަމަވެސް މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަނީ ކުޑަ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ގެއެއްގެ ބެލްކަންޏެއްގައި ތިބެ ގައިގޯޅިވާ މަންޒަރެވެ. ބެލެވޭ ގޮތުގައި އެއީ އަދި އުމުރުން އެންމެ ހަތް އަހަރުވެސް ނުވާ ކުދިންތަކެކެވެ. 

ބެލްކަނީގައި ތިބެ އެކުދިންގެ އުމުރާ ނުގުޅޭ އަމަލުތަކެއް ހިންގަމުންދިޔައިރު އެ މަންޒަރު ވީޑިއޯކޮށް ބަޔަކު ސޯޝަލް މީޑިއާއަށް ދޫކޮށްލުމާއެކު އެތައް ބަޔަކު ވަނީ މި ވީޑިއޯ ޝެއާ ކޮށްފަ އެވެ.

ވީޑިއޯ ގިނަ ބަޔަކު ޝެއާ ކުރަމުންދާތީ ކުޑަކުދިން ހިމެނޭ މައްސަލަތަކުގައި އެކުދިން ދެނެގަނެވޭ ފަދަ ވީޑިއޯ އާއި ފޮޓޯ އާންމުނުކުރުމަށް ކަމާ ގުޅޭ އިދާރާތަކުން ވަނީ އެދިފަ އެވެ. 

ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ބުނީ ކުޑަކުދިން ހިމެނޭ މައްސަލަތަކުގައި އެ ކުދިން ދެނެގަނެވޭ ފަދަ ވީޑިއޯ އާއި ފޮޓޯ ނުވަތަ މައުލޫމާތު އާންމުކޮށް އިތުރު ގެއްލުންތަކެއް ދިނުމުގެ ބަދަލުގައި އެ ބާވަތުގެ މައްސަލަތައް ފުލުހުންނަށް ނުވަތަ ޖެންޑާ މިނިސްޓްރީގެ 1412 ނަންބަރަށް ގުޅާ ރިޕޯޓް ކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް