ads
ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގައި ދައުވާ އުފުލާފައިވާ ފަރާތެއް
އައިއެސް ޖަމާއަތަށް ތާއީދު ނުކުރަން: ނާޒިމް
އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ތާއީދުކުރާ ލިޔުންތަކެއް ގެންގުޅުނު ކަމަށް ބުނެ ކުރާ ދައުވާއަށް އޭނާ އިންކާރު ކުރުމާއި ގުޅިގެން ދިފާއީ ހެކި ހުށަހަޅަން މި މައްސަލައިގައި ދައުވާ އުފުލާފައިވާ މުހައްމަދު ނާޒިމަށްކްރިމިނަލް ކޯޓުންފުރުސަތު ދީފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުލަތުންނާޒިމްގެ މައްޗަށް ދައުލަތުން ދައުވާ ކުރަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއް ކަން ދޭހަވާ ފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ދައުވާއެވެ. 

މި މައްސަލަ އާއި ގުޅިގެން ޅ. މާޅޮހު އަސަރީގޭ ނާޒިމް ހުޅުމާލޭގައި ދިރިއުޅުނު ފްލެޓް ބަލައި ފާސް ކުރިއިރު، އައިއެސް އަށް ތާއީދުކުރާ ލިޔުންތަކާއި ފޮޓޯތަކެއް ހިމެނޭ ޕެންޑްރައިވެއް ފެނިފައިވާކަމަށް ދައުލަތުން ބުނެއެވެ.

ނާޒިމް ވަނީ ކޯޓުގައި މި ދައުވާއަށް އިންކާރުކޮށްފަ އެވެ. އެހެން ނަމަވެސް ނާޒިމް އަތުން ފެނުނު ޕެންޑްރައިވްގައި އައިސްއެސް އަށް ތާއީދުކުރާކަން އަންގައިދޭ ލިޔުންތަކެއްް ހުރިކަމަށް އިސްލާމިކް މިނިސްޓްރީން ފޮނުވި ރިޕޯޓާ ހަވާލާދީ ދައުލަތުގެ ވަކީލުން ވަނީ ބުނެފަ އެވެ.

މިއަދުގެ އަޑުއެހުމުގައި ގާޒީ ވަނީ ނާޒިމްގެ ވަކީލުންނަށް ދިފާއީ ހެކި ހުށަހެޅުމުގެ ފުރުސަތު ދީފަ އެވެ.

އައިއެސްއަކީ ރާއްޖެއިން ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޖަމާއަތެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް