އެކަން ހާމަކޮޮށް އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ އެކައުންޓުތައް ބަންދުކުރަން ނިންމާފަވަނީ، އެ ލޯނު އެކައުންޓުތައް، ބެލެހެއްޓުމުގައި ތަފާތު އެކި މައްސަލަތައް ދިމާވަމުންދާތީ ކަމަށެވެ.
އެގޮތުން އެ އެކައުންޓުތައް ބޭނުންކުރެވޭނެ އެންމެ ފަހު ތާރީހަކީ މިމަހުގެ 30 އާއި ހަމަޔަށް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އަދި އެ އެކައުންޓުތައް ބަންދުކުރުމާއިއެކު ކަސްޓަމަރުންގެ ބީއެމްއެލް އެކައުންޓުން "އޮޓޮމެޓިކް ޑައިރެކްޓް ޑެބިޓް"ގެ އުސޫލު މެދުވެރިކޮށް ފައިސާ ކެނޑުން ހުއްޓިގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ހުޅުމާލެއިން ވިއްކާފައިވާ ބިންތަކަށް މީގެ ކުރިން ފައިސާ ނަގަމުން އެޗްޑީސީން ދިޔަ އަމިއްލައަށް ފައިސާ ޖަމާވާ އުސޫލު ނިމުމަކަށް ގެނެސް ދެން އެ ކޯޕަރޭޝަނުން އަންނަ މަހުން ފެށިގެން ފައިސާ ބަލައިގަންނަމުންދާނީ އަލަށް އެ ކޯޕަރޭޝަނުން ތައާރަފުކޮށްފައިވާ މައި ހުޅުމާލެ ވެބް ޕޯޓަލް އިންނެވެ. ނުވަތަ އެ ކޯޕަރޭޝަނުގެ ކައުންޓަރުންނެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފްލެޓުތަކުންވެސް މިހާރު ފައިސާ ނަގަން ފަށާފައިވާއިރު، އެ ފައިސާވެސް އެޗްޑީސީން ބަލާގަންނަމުން ދަނީ އެޗްޑީސީ ޕޯޓަލް މެދުވެރިކޮށެވެ.