ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ރިސޯޓުތަކުގައި ފްލޯޓިން ބްރެކްފާސްޓު ދޭ ގޮތަށާއި، "ބްރެކްފާސްޓް އިން މޯލްޑިވްސް" ޖަހާ ރާއްޖެއަށް އައިސް ޕޯސްޓުތައް ކުރާ މީހުންނަށްވެސް ފާޑުކިޔާ އޭނާ ޓްވިޓާގައި ކޮށްފަވާ ޕޯސްޓެއްގައި ބުނެފައިވަނީ، ރާއްޖެ ދިއުމުން ފްލޯޓިން ޓްރޭގައި ޕޫލުގައި ތިއްބާ އެ ފޮނުވާ ބްރެކްފާސްޓުގެ މާނައަކީ ހަމައެކަނި ޕޫލުގައި ތިބެގެން ދެން "ފޮޑިތަޅަންވީ" ކަމަށް ކަމަށެވެ.
އަދި ޕޫލުގައި ތިއްބާ ބްރެކްފާސްޓު ދިނުމުގެ ބޭނުމަކީ ކޮބައިތޯ އާއި، އެވަގުތު ޓޯސްޓު ފޮނުވަނީ ޕޫލްގައި ފަތާއިރު، ލޮލުމަތީގައި އަޅަންތޯ ބުނެވެސް އޭނާ ވަނީ ޖޯކު ޖަހާފަ އެވެ. މީގެ އިތުރުންވެސް ވަރަށް ހުތުރުކޮށް މަލާމަތްކޮށް، ރާއްޖޭގައި ފަތުރުވެރިންނަށް ދޭ އެ ހިދުމަތައް އޭނާ ވަނީ ޖޯކު ޖަހާ މަލާމަތްކޮށްފަ އެވެ.
މި ޕޯސްޓަށް ކޮމެންޓުކުރި ބައެއް މީހުން އެއަށް ހިތްވަރުދީ ޖޯކު ޖަހާފައިވާއިރު، އަނެއްބަޔަކު ބުނެފައިވަނީ، އެއީ މަޖަލަށް ދައްކާ ކަހަލަ ވާހަކަ ނޫންކަމަށާއި، އެ ވާހަކަތައް މަޖާ ނޫން ކަމަށެވެ. އަދި ރާއްޖެއަށް ގޮސް އެ ހިދުމަތް ޕޫލުން ނަގަނީ އަމިއްލައަށް ނޫންތޯވެސް ބައެއް މީހުން ވަނީ ސުވާލުކޮށްފަ އެވެ.
މީގެ އިތުރުން ބައެއް މީހުން ބުނެފައިވަނީ، ރާއްޖެ ގޮސް އެކަން ކޮށްފަ އައިސް އެއީ "ސްޓްޕިޑް ޓްރެންޑް" އެކޭ ބުނަން "އޯކޭ" ނޫން ކަމަށެވެ. އަދި ރާއްޖެ ގޮސް އެކަން އެންމެ ގިނައިން ކުރަނީވެސް އެހެން ކިޔާ މީހުން ކަމަށެވެ.
އަދި އަތަށް ލާރިކޮޅެއް އަރާއިރަށް ދާން ބޭނުންވަނީވެސް ރާއްޖެ ކަަމަށާއި، އެއީ "ޝޯ އޮފް" ކުރަން ކުރާ ކަމެއް ނޫންތޯވެސް ބައެއް މީހުން ވަނީ ސުވާލުކޮށްފަ އެވެ.
މި ޕޯސްޓާއި ގުޅިގެން އަނެއްބަޔަކު ރާއްޖެއަށް ވަރަށް ބޮޑަށް މަލާމަތްކޮށްފައިވެސް ވެއެވެ.