ads
ޕްރިޔަންކާ އަދި ނިކް ދަރިފުޅާއެކު
ދަރިފުޅު ގެއަށް ގެނެވުނީ އައިސީޔޫގައި އޮންނަތާ 100 ދުވަސް ފަހުން
ނިކްއާއި ޕްރިޔަންކާއަށް ދަރިއަކު ލިބިފައިވަނީ ސެރޮގެސީ މެދުވެރިކޮށް މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

ކުއްޖަކު ލިބުނުކަން ސޯޝަލް މީޑިއާގައި އެދުވަހު ހާމަކުރިނަމަވެސް ކުއްޖާއާއިއެކު ދެމަފިރިން ފޮޓޯއެއް ހިއްސާކުރީ އޭގެ ފަސްމަސް ފަހުން ނެވެ. 

ނަމަވެސް މަންމައިންގެ ދުވަހާއި ދިމާކޮށް ދެމަފިރިންނާއި ދަރިފުޅާއިއެކު ނަގާފައިވާ ފޮޓޯއެއް ފުރަތަމަ ފަހަރަށް ހިއްސާކޮށް އޭނާ ވަނީ އޭނާ މަންމައަކަށް ހަދާ ދިނީތީ ނިކްއަށް ޝުކުރު އަދާކޮށްފަ އެވެ. އަދި ނިކް އާއި އެކު ނޫން އެހެން މީހަކާއިއެކު މަދަހުޑް ތަޖުރިބާ ކުރަން ބޭނުން ނުވާކަމަށް އޭނާ ބުނެފަ ވެއެވެ.

ޕްރިޔަންކާ ބުނީ، ކުއްޖާ ގެއަށް ގެނެވުނީ ސެރޮގެސީ މެދުވެރިކޮށް ކުއްޖާ ލިބުނުތާ 100 ދުވަސް ފަހުން ކަމަށާއި، އެހާތަނަށް ކުއްޖާ އޮތީ އެންއައިސީޔޫގަ ކަމަށެވެ. އެގޮތުގައި ހޭދަކުރި ދުވަސްތަކަކީ އެ ދެމަފިރިންނަށް އުނދަގޫ ދުވަސްތަކެއް ކަން ފާހަގަކޮށް އޭނާ ވަނީ ހެޔޮ ހާލުގައި ދަރިފުޅު ގެއަށް ގެނެވިފަވާތީ ހޮސްޕިޓަލުގެ އެންއައިސީ ޔުނިޓުގެ ޑޮކްޓަރުންނާއި ސިއްހީ އެހީތެރިން ކޮށްދިން މަސައްކަތައް ޝުކުރު އަދާކޮށްފަ އެވެ.

އޭނާ ބުނީ އެ ބޭބީ އަކީ ހަގީގީ "ބޭޑްއެސް" އެއްކަމަށެވެ. 

އޭގަފަހުން ޕްރިޔަންކާ މަންމަގެ އުފަންދުވަހުގެ ތަހުނިޔާއާއެކު އިއްޔެ ހިއްސާކޮށްފައިވާ ފޮޓޯއިން ވެސް ދަރިފުޅު ފެނެއެވެ. ދަރިފުޅުގެ މޫނު ނުފެންނަ ގޮތަށް ނަގާފައިވާ އެ ފޮޓޯގައި ޕްރިޔަންކާގެ މަންމަ އިނީ ކުއްޖާ އުރައިގެންނެވެ.

ކުއްޖާގެ ނަމެއްވެސް ދެމީހުން އަދި ރަަސްމީކޮށް ހާމައެއް ނުކުރެއެވެ. ނަމަވެސް ކުއްޖާގެ އުފަންދުވަހުގެ ސްޓިފިކެޓްއާއި ހަވާލާދީ ޓީއެމްޒީގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ކުއްޖާއަށް ކިޔާފައިވަނީ “މާލްތީ މޭރީ ޗޯޕްރާ ޖޯނަސް' އެވެ. ޕްރިޔަންކާގެ ޕޯސްޓުތަކުގައި ކުއްޖާއަށް މުހާތަބު ކޮށްފަ ވަނީ އެމްއެމްގެ ނަމުންނެވެ.

އެދެމަފިރިން ސެރޮގެސީ މެދުވެރިކޮށް ކުއްޖެއް ހޯދިިއިރު ދެމީހުން ކުއްޖެއް ހޯދުމަށް ގެންގުޅޭ ޕްލޭނާއި ބެހޭގޮތުން އިންޓަވިއުއެއްގައި ސުވާލުކުރުމުން ޕްރިޔަންކާ މީގެ ކުރިން ވަނީ އެކަމުގެ ވަގުތު ޖެހުމުން އެކަންވެސް ކުރާނެ ކަމަށާއި އަދި ބޭނުންވަނީ ދެމީހުންނަށް ވަގުތު ދީ އެކީގައި ވަގުތު ހޭދަކުރަން ކަމަށް ބުނެފަ އެވެ.

އިންޑިއާގެ ރީތީގެ ރާނީކަން 2000 ވަނަ އަހަރު ހޯދި ބޮލީވުޑްގެ މަޝްހޫރު ތަރި ޕްރިޔަންކާ ޗޮޕްރާ އަށް މިހާރު ވަނީ 38 އަހަރުވެފަ އެވެ.

ޕްރިޔަންކާ ވަނީ ދުވަހަކު ވެސް އޭނާގެ ކައިވެނި ކުރެވޭނެ ކަމަށް ހިތަށް ނާރާ ކަމަށް ބުނެފަ އެވެ. އޭނަ ބުނެފައި ވަނީ އޭނަގެ އުމުރުން 35 އަހަރުވުމާއެކު ކައިވެނި ކުރަން ބޭނުންވެ އަމިއްލަ ނަފްސަށް ވަރަށް ބޮޑަށް ޕްރެޝަރު ކުރެވުނު ކަމަށާއި އޭރު ދެން ދުވަހަކު ވެސް ކައިވެނި ކުރެވޭނެއޭ ހިތަށް ނާރާ ކަމަށެވެ. 

ޕްރޔަންކާ އާއި ނިކްގެ ކައިވެންޏަށް ބޮލީވުޑާއި ހޮލީވުޑްގެ ގިނަ ފޭނުންގެ ސަމާލުކަން ހުއްޓުނު އިރު މި ދެ ތަރިންގެ އުމުރުގެ ތަފާތަކީ 10 އަހަރެވެ. 

ނިކް އަށް ވުރެ 10 އަހަރު ޕްރިޔަންކާ އުމުރުން ދޮށިވުމުން ގިނަ ބަޔަކު އޭނާ އަށް ފާޑުކީ ނަމަވެސް ލޯބިވާ ދެމީހެއް އުފަލުގައި އުޅުމަށް އުމުރަކީ އެއްވެސް އެއްޗެއް ނޫން ކަން އެ ދެމީހުން ދަނީ ދުނިޔެއަށް ދައްކަމުންނެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް