ads
އަދަމުންދާ ސަފާރީ
ރޭ ރޯވި ސަފާރީ އެއްކޮށް އަޑިއަށް ގޮސްފި
ނުވަ މީހުންނާއިއެކު ދަތުރުކުރަމުންދަނިކޮށް ރޭ ރޯވި ސަފާރީ އެއްކޮށް އަޑިއަށް ގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެ ސަފާރީގައި ރޯވީ މިރޭ 22:51 ހާއިރު ކ.ގާފަރާއި ދިމާ 13 މޭލު ހުޅަނގުން، ދަތުރުކުރަމުން ދަނިކޮށެވެ. ރޯވިއިރު އެ ސަފާރީގައި ތިބީ ތިން ފަތުރުވެރިންނާއި، ހަ ފަޅުވެރިން ނެވެ. 

ރޭ ދަންވަރު 00:40 ހާއިރު ފުލުހުން ބުނިގޮތުގައި އެ ހާދިސާގެ ރިޕޯޓު ލިބުމާއިއެކު ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ފަޔަރު ލޯންޗު، ހާބަކްރާފްޓް 113 އަދި ސީ އެމްބިއުލާންސް، މީހުން ސަލާމަތް ކުރުމަށް އެ ސަރަހަައްދުގައި ހަރަކާތް ތެރިވަމުން ދިޔަ އެވެ. އަދި ސަފާރީގަައި ތިބި ފަޅުވެރިންނާއި، ފަތުރުވެރިން ސަފާރީގެ ޑައިވިން ދޯނީގައި ކޯސްޓްގާޑުގެ ސީއެމްބިއުލާސްގެ އެހީތެރިކަމާއިއެކު ގާފަރަށް ގެންގޮސްފައިވާއިރު، އެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ކޯސްޓްގާޑުން ބުންޏެވެ.

އޭގެ ފަހުން ރޭ ދަންވަރު 01:21 ހާއިރު އެމްއެންޑީއުފުން ބުނީ، އެ ސަފާރީ އެއްކޮށް އަޑިއަށް ގޮސްފަވާ ކަމަށެވެ. ސަފާރީ އެއްކޮށް އަދާ އަޅިއަށްވެ، އަޑިއަށް ގޮސްފައިވަނީ، ގާފަރާއި، 12.96 ނޯޓިކަލް މޭލު ބޭރުން ނެވެ.

ސަފާރީ ގައި ރޯވާން ދިމާވި ސަބަބާއި ބެހޭގޮތުން ސުވާލުކުރުމުން އެމްއެންޑީއެފުގެ މީޑިއާ އޮފިސަރު ވިދާޅުވީ، ރޯވެގެން އެއްކޮށް އަޑިއަށް ދިއުމުން ތަހުގީގެއް ނުހިންގޭތީ، ސީދާ ރޯވާން ދިމާވި ސަަބަބު ނޭނގޭ ކަމަށެވެ. 

އަދި ސަފާރީގައި ތިބި މީހުންގެ ވާހަކަތަކުން ރޯވާން ދިމާވި ސަބަބު ދެނެގަނެވިފައި ނުވޭތޯ ސުވާލުކުރުމުންވެސް މީޑިއާ އޮފިސަރު ވިދާޅުވީ، އެ މައުލޫމާތު މީޑިއާއަށް ނުދެވޭނެ ކަމަށެެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް