ads
މަގުމަތީގައި ބަޔަކު މަޑުކޮށްލައިގެން
މީހަކު މަރުވުމުން އޭނާގެ ތަރިކަ މުދަލަށް ރައްކާތެރިވާންޖެހޭ: ހުތުބާ
ވާރުތަ މުދަލަށް ރައްކާތެރިވެ ތަރިކަ މުދާ ބެހުމަކީ ހެޔޮކަމެއްގެ ގޮތުގައި ލައްވާފައިވާ ކަމެއް ނޫން ކަމަށާއި، އެއީ މާތްﷲ ފަރުލު ކުރައްވާފައިވާ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

ހުތުބާގައި ބުނެފައިވަނީ މީހަކު މަރުވުމުން އޭނާ ދޫކޮށްދާ ތަރިކަ އަކީ އެ ބަހާނެ ގަަވާއިދު ތަކަކާއި އުސޫލުތަކެއް މާތްﷲ ކަނޑައަޅުއްވާފައިވާ އެއްޗެއް ކަމަށެވެ. 

އަހަރުމެންގެ ދުޝްމަނުން އިސްލާމްދީނުގެ ބުރުސޫރަ ހުތުރުކުރުމަށްޓަކައި ދައްކާ އަސާސެއް ނެތް ވާހަކަތަކުގެ ތެރޭގައި ތަރިކަ މުދާ ބެހުމުގައި އިސްލާމްދީނުގައި އަންހެނުންނަށް އަނިޔާވެރިވަމުން އަންނަ ވާހަކަ ހުތުބާގައި ވަނީ ފާހަގަ ކުރައްވާފަ އެވެ. 

ތަރިކަމުދާ ބެހުމުގައި އަންހެނުން ނިކަމެތި ކޮށްނުލާ ކަމުގެ ދަލީލަކަށް ހުތުބާގައި ބުނީ ތަރިކަ މުދަލުން، ފިރިހެނުންނަށް ލިބޭ މިންވަރުގެ ދެބައިކުޅަ އެއްބައި އަންހެނުންނަށް ލިބެނީ އެންމެ ހަތަރު ހާލަތުގައި ކަމަށެވެ.

އެއާ ހިލާފަށް މާ ގިނަ ހާލަތްތަކުގައި ފިރިހެނުންނަށް ލިބޭ މިންވަރަށް އަންހެނުންނަށް ލިބޭނެކަމަށް ހުޠުބާގައި ބުނެފައިވެ އެވެ. 

ހުތުބާގައި ބުނެފައިވަނީ އިސްލާމްދީނުގެ އަދުއްވުންނާއި، އެމީހުންގެ ދަލުގައި ޖެހިފައިވާ މީހުންނާއި، އެމީހުން ކޮޕީކޮށްގެން ބައިނަލް އަގުވާމީ މިންބަރުތަކަށް އަރާ މީހުންނާއި، ސުލުހައިގެ ނޮބެލް އިނާމު ހޯދުމަށް ދަހިވެތިވެފައިވާ މީހުންނާއި، އިސްލާމީ ޝަރީއަތްތަކުގައި މާތްﷲ ބަޔާންކުރައްވާފައިވާ ހުކުމް ތަކުގެ ހިކުމަތާއި، މަހުފޫމުތައް ނޭނގޭ މީހުން މިފަދަ ބޭއިންސާފު ހަމަލާތައް ދިނުމުގައި އަވަދިނެތި އުޅެމުންދާ ކަމަށެވެ. 

ހުތުބާގައި ބުނީ ތަރިކަ ބެހުމަކީ މާތްﷲ ވަސިއްޔަތް ކުރައްވާފައިވާ ކަމެއް ކަމަށާއި، އެކަން ތަންފީޒުކުރަން ޖެހޭނެ ކަމެއް ކަމަށެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް