ads
ރަސޫލާއަށް ފުރުއްސާރަ ކުރި ނަފޫރު--
ރަސޫލާއަށް ބަދުބަސް ބުނި ބީޖޭޕީގެ ތަރުޖަމާން ގެއްލިއްޖެ
ރަސޫލާ އަށް ބަދުބަސް ބުނެ ފުރައްސާރަކުރި ސަރުކާރުގެ މައި ޕާޓީ ބީޖޭޕީގެ ތަރުޖަމާން ނުޕޫރު ޝަރުމާ ގެއްލިގެން ހޯދަން ފަށައިފި އެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން އޭނާ ގެއްލިފައިވަނީ އޭނާއާއި ދެކޮޅަށް މުމްބާއީ ފުލުހުން ފައިލުކުރިތާ އެއް ދުވަސް ފަހުންނެވެ. ދިއްލީގައި ހުންނަ މުމްބާއީ ފުލުހުން އޭނާ އާއި ސުވާލުކުރުމަށް ފުލުހުންގެ އިދާރާއަށް ހާޒިރުކުރަން ބެލިއިރު، އޭނާ ވީތަނެއް ނޭނގޭ ކަމަށް މުމްބާއީ ފުލުުހުންނާއި ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. 

"އޭނާ އަށް ޓްރެސް ނުކުރެވޭ" ކަމަށް މުމްބާއީ ފުލުހުން ބުނެފައިވެއެވެ. އޭނާ ފިލީކަމެއް ނުވަތަ ގެއްލުނީކަމެއް މިހާތަނަށް ސާފެއް ނުވެއެވެ. ނަމަވެސް ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، އޭނާ ހައްޔަރުކުރެވޭ ވަރުގެ ހެކި ފުލުހުންގެ އަތުގައި އެބަހުރި ކަމަށް ފުލުހުން ބުނެފަ ވެއެވެ.

އޭނާ ގެއްލިފައި މިވަނީ ރަސޫލާއަށް ފުރުއްސާރަ ކުރި މައްސަލާގައި އެތައް އިންޒާރުތަކެއް ވެސް ލިބެމުން ދަނިކޮށެވެ.

ނުޕޫރު ޝަރުމާ ވަނީ އެގައުމުގެ ޓީވީ ބަހުސެއްގައި ރަސޫލާއަށް ފުރުސާރަކޮށް ވާހަކަދައްކާފަ އެވެ. އަދި ބީޖޭޕީން ވެރިރަށް ނިއު ދިއްލީއަށް ކަނޑައަޅާފައި ހުންނަ އެ ޕާޓީގެ މީޑިއާ ހެޑް ނަވީން ކުމާރު ޖިންދާލް ރަސޫލާއަށް ފުރުއްސާރަކޮށް ޓްވީޓެއް ކުރި އެވެ. އެޓީވީޓަށް ފާޑުކިޔުންތައް އަމާޒުވެ، މައްސަަލަ ހޫނުވުމުން އޭނާގެ އެ ޓީވީޓު ޑިލީޓުކޮށްލީ އެވެ. 

ނަމަވެސް އޭރު މައްސަލަ ވަަރަށް ބޮޑަށް ހޫނުވެ، އިސްލާމީ ގައުމުތަކުން އިންޑިއާގެ ސަރުކާރު ކުށްވެެރިކޮށް، ދެކޮޅަށް ފިޔަވަޅުތައް އަޅަން ވަނީ ފަށާފަ އެވެ. އެހެންކަމުން އެ ޕާޓީން ވަނީ ނަވީން ޕާޓީން ވަކިކޮށް، ނަފޫރު ސަސްޕެންޑު ކޮށްފަ އެވެ.  

އެދެމީހުންނާއިމެދު ޕާޓީން ފިޔަވަޅު އަޅާފައިވާކަން ހާމަކޮށް ޕާޓީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، އެ ޕާޓީއަކީ ހުރިހާ ދީނަކަށް އިހުތިރާމުކުރާ ޕާޓީއެއް ކަމަށާއި، އެއްވެސް ދީނެއްގެ ސަހުޝިއްޔަތައް ފާޑުކިޔުމަކީ އެޕާޓީގެ އުސޫލެއް އަދި ބަލައިގަންނަ ކަމެއްވެސް ނޫން ކަމަށެވެ. އަދި އެއީ އިންޑިއާގެ ސަރުކާރުގެ ވިސްނުމެއްވެސް ނޫންކަމަށް ބުނެފައިވެ އެވެ.

36%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
7%
ސަތޭކައަކުން ސުމެއް
49%
ވަރަށް ސަލާމް
ކޮމެންޓްސް