ads
ސާރާ އަދި ސުޝާންތު---
އެންމެ ގިނަ "ފަސްޓް ޓައިމް މޫމެންޓްސް" އައީ ސުޝާންތު އާއެކު: ސާރާ
ވިހިވިހި ވަނަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު މުޅި ބޮލީވުޑް ހިލުވާލީ، މަޝްހޫރު އެކްޓަރު ސުޝާންތު ސިން ރާޖްޕޫތު މުމްބާއީގައި އޭނާ ދިރިއުޅޭ ގޭގައި ދަންޖެހިފައި ހުއްޓާ ފެނުނު ހިސާބުން ނެވެ.

އެޕާޓުމެންޓުގައި ސުޝާންތު ދަންޖެހިފަައި ހުއްޓާ ފެނުމުން ފުލުހުން އެންމެ ފުރަތަމަ ބުނީ އެއީ އަމިއްލަ އަށް މަރުވުމުގެ ކޭހެއް ކަމަށެވެ. އެހެން ނަމަވެސް ސުޝާންތުގެ އާއިލާގެ އިތުރުން ގިނަ އަދަދެއްގެ އާންމުން ބުނަނީ މި މައްސަލަ އަކީ ބަޔަކު ރާވައިގެން ހިންގާފައިވާ ޖަރީމާއެއް ކަމަށެވެ.

ސުޝާންތުގެ މަރަށް ދެއަހަރު ފުރުމާއި ގުޅިގެން އޭނާގެ ކުރީގެ ލޯބިވެރިއެއް ކަމަށްވާ މަޝްހޫރު އެކްޓްރެސް ސާރާ އަލީ ހާން ވަނީ ސުޝާންތުގެ ހަނދާން އާކޮށް ދެމީހުންގެ ފޮޓޯއެއް ހިއްސާކޮށްފަ އެވެ. 

ސާރާ ބުނީ، ސުޝާންތުއާއި އޭނާގެ ވަރަށް ގިނަ ހަނދާންތަކެއް ގުޅިފަވާ ކަމަށާއި، ހިތުން ފޮހެނުލެވޭނެ ކަމަށެވެ. އެގޮތުން އެންމެ ގިނަ "ފަސްޓް ޓައިމް މޫމެންޓްސް" ތައް އައިސްފައިވަނީ ސުޝާންތުގެ ސަބަބުން ކަމަށް ސާރާ ބުންޏެވެ. 

އެގޮތުން އެންމެ ފުރަތަމަ ކެމެރާގެ ކުރިމައްޗަށް އެރީވެސް ސުޝާންތު އާއެކު ކަމަށާއި، އެދުވަހުން ފެށިގެން ސުޝާންތުގެ ޓެލެސްކޯޕުން ދެމީހުން އެކީ ޖުޕިޓައާއި، ހަނދު ބެލުންފަދަ އެތައް ކަމެއް ފުރަތަމަ ފަހަރަށް ތަޖުރިބާ ކުރީ ސުޝާންތު އާއެކު ކަމަށް ސާރާ ބުންޏެވެ. 

" މިއަދު ފުރާ ފުރިހަމަވެފައިވާ ހަނދުވަރުދޭ ރެއެއްގަ އަހަރެން އުޑުމައްޗަށް ބަލާއިރު، އެތަނުގައިވާ ސުޝާންތުގެ އެންމެ ފެވަރިޓު ތަރިތަކުގެ ތެރޭ ވިދަވިދާ ސުޝާންތު ވާނެކަން އަހަންނަށް އެނގޭ. މިހާރުވެސް އަދި އަބަދުވެސް" ސާރާގެ ޕޯސްޓުގައި ލިޔެފަ ވެއެވެ.

your imageސާރާގެ ޕޯސްޓާއިއެކު ހިއްސާކޮށްފަވާ ފޮޓޯ---

ސާރާ ކޮންމެ އަހަރަކުވެސް ސުޝާންތުގެ މަރަށް އަހަރެއް ފުރޭ ދުވަހު މިފަދަ ޕޯސްޓުތައް ހިއްސާކުރެ އެވެ. މިދިޔަ އަަހަރުވެސް އޭނާ ވަނީ އެކްޓިންގެ  ދުނިޔެއަށް  ސާރާ  ވެއްދީ  ސުޝާންތު  ކަމަށާއި ހުވަފެނަކީ  ހަގީގަތަކަށް ބަދަލު ކުރެވޭނެ  އެއްޗެއްކަން  ސާރާ  އަށް  އަންގަދިނީ  ސުޝާންތު  ކަމަށް ބުނެ ސުޝާންތުގެ ހަނދާނުގައި ޕޯސްޓެއް ހިއްސާކޮށްފަ އެވެ.

އަދިވެސް  ސުޝާންތު  ވަކިވެގެން  ދިޔަކަން  ގަބޫލުުރަން  ދަތިކަމަށް  ސާރާ  ބުނެފައިވެއެވެ. އެކަމަކު ތަރިތަކަށާއި އަރައިގެން އަންނަ އިރު، ހަނދު ފެންނަ ކޮންމެ ފަހަރަކު ސުޝާންތު އެކީގައި ވާ އިހުސާސް ކުރެވޭކަމަށްވެސް ސާރާ ބުނެ އެވެ.   

ދެ ތަރިން ޑޭޓްކުރިކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިގެން ގޮސްފަ އެވެ. އަދި ސުޝާންތުގެ މަރުގެ މައްސަލައިގައި ކުރަމުން އަންނަ ތަހުގީގަށް ފެންމަތިވި ބޮލީވުޑްގެ ޑްރަގް ނެޓްވޯކުގެ މައްސަލައިގައި ސާރާ ވަނީ ތަހުގީގަށް ހާޒިރުކޮށް ސުވާލުވެސް ކޮށްފައެވެ. އަދި ސުޝާންތުގެ ކުރީގެ ލޯބިވެރިޔާ ރިއާ ޗަކްރަބޯޓީ ވަނީ ސުޝާންތު އަށް މަސްތުވާތަކެތި ތައާރަފްކޮށްދިނީ ސާރާ ކަމަށް ބުނެ ބަޔާންދީފަ އެވެ.

your imageސާރާގެ ޕޯސްޓާއިއެކު މިދިޔަ އަހަރު ހިއްސާކޮށްފަވާ ފޮޓޯ----

ސުޝާންތުގެ މަރުގެ މައްސަލާގައި އާއްމުންނާއި އާއިލާ އިން ވަނީ ތުހުމަތުގެ އިނގިލި އެކި ފަރާތްތަކަށް ދިއްކޮށްފަ އެވެ. މި މައްސަލާގައި ތުހުމަތުގެ އިނގިލި އެންމެ ބޮޑަށް ދިއްކޮށްފައި ވަނީ ރިއާ އަށެވެ. ނަމަވެސް އޭނާ އެ ތުހުމަތުތައް ދޮގު ކުރެ އެވެ. 

ސުޝާންތުގެ ބައްޕަ، ކޭކޭ ސިންގް ރިއާ އާ ދެކޮޅަށް ފުލުހުންނަށް މައްސަލަ ވެސް ހުށަހެޅި އެވެ. ޕަތްނާގައި ދިރިއުޅޭ ސުޝާންތުގެ އާއިލާ އިން ތުހުމަތު ކުރަނީ، އޭނާ އަމިއްލަ އަށް މަރުވީ ރިއާ އޭނާއަށް ފައިސާގެ ގޮތުން ހިޔާނާތްތެރިވުމާއި ނަފްސާނީ ގޮތުން ވެސް ތަފާތު ދުއްތުރާތައް ކުރުމުން ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް