އުމުރުން ތިރީސް އަހަރުގެ މާނޭ، ޖަރުމަނުގެ ބަޔާން މިއުނިކަށް ބަދަލުވަނީ، އޭނާ ލިވަޕޫލާ އެކު ހަދާފައިވާ އެއްބަސްވުން އިތުރު ނުކުރުމުންނެވެ. ލިވަޕޫލުގެ އެއްބަސްވުން އިތުރު ނުކުރެވެނީ އޭނާގެ ހުށަހުޅަށް ކްލަބާއެކު އެއްބަސްވުމަކަށް ނާދެވުމުންނެވެ.
ލިވަޕޫލުން ބަޔާން މިއުނިކަށް މާނޭ ބަދަލުވަނީ ހަތް ސީޒަންގައި ލިވަޕޫލަށް ކުޅުމަށް ފަހުއެވެ. ލިވަޕޫލާ މާނޭ ގުޅުނީ ދެހާސް ސޯޅަވަނަ އަހަރުއެވެ. އޭނާވަނީ ލިވަޕޫލާއެކު ޗެމްޕިއަންސް ލީގާ ޕްރިމިއަރ ލީގު ކާމިޔާބުކޮށްފައެވެ.