އަންހެނުން ގަވާއިދުން ބޭނުން ކުރަންވީ 5 ވައްތަރެއްގެ ސައި!
Share
ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަކީ އަންހެނުންނަށް ކޮންމެހެން މުހިންމު ކަމަކަށް ވެގެން ދަނީ، އަންހެނުންނަކީ މަސައްކަތް ކުރުމާއި އާއިލީ ދިރިއުޅުމާ ދޭތެރޭ ރަނގަޅު ބެލެންސް އެއް ގެންގުޅެން ގަދައަޅައި މަސައްކަތް ކުރާ ބަޔަކަށް ވާތީއެވެ.
Advertisement

އެ ހުރިހާ ކަމެއް މެނޭޖް ކުރުމަކީ، ވަރަށް ބުރަ މަސައްކަތަކަށް ވެފައި، ގިނަ ފަހަރަށް މިއީ ޖިސްމާނީ ގޮތުންނާއި، ނަފްސާނީ ގޮތުންވެސް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމެކެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ޓަކައި ދުވާލު ގަޑީގައި ބޭނުން ކޮށްލުމަށް ތަޖުރިބާކާރުން ލަފާދޭ ބައެއް ބުއިންތައް މި އާޓިކަލްގައި ހިއްސާކޮށްލާނަމެވެ. ހާއްސަކޮށް ސައި ބުއިމަށް ލޯބި ކުރާ ނަމަ ސަޔަކީ ނަފްސު ހަމައަަކަށް އަޅުވާލަން އެހީތެރިވެދޭ އެއްޗެއްގެ އިތުރުން ސިއްހަތަށް ވެސް ފައިދާހުރި އެއްޗެކެވެ.

ކެމޮމައިލް ޓީ

ކެމޮމައިލް ޓީ ބުއިމަކީ ހަށިގަނޑުގައި ރިއްސުމާއި، ބޮލުގައި ރިއްސުމާއި، މޫޑް ސްވިންގްސް ފަދަ މައްސަރު ކަންތައްތަކުގެ ކުރިން ފެންނަ އަލާމާތްތައް ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ކެމޮމައިލް ޓީ އަކީ ހަށިގަނޑު ރަނގަޅުކޮށްދީ، ނަފްސު ރިލެކްސްކޮށްދީ، އިންފްލެމޭޝަން ކުޑަކޮށް، ހަށިގަނޑުގައި އިންސިއުލިން ސެންސިޓިވިޓީ ދަށްކޮށްދޭ އެއްޗެކެވެ.

your imageކެމޯމޮއިލް ސައި

އިނގުރު ސައި

ކޮންމެ ދުވަހަކު ޖިންޖާ ޓީ ނުވަތަ އިނގުރބުއިމަކީ އިންފްލެމޭޝަން އާއި ވަރުބަލިކަން ކުޑަކުރެވިދާނެ ކަމެކެވެ. އާދަކާދައިގެ ގޮތުން އިނގުރަކީ ވަރަށް ގިނަ ބޭސްތަކާއި ހޯމް ރެމެޑީތަކުގައި ބޭނުންކުރާ އެއްޗެކެވެ. އަދި މި ސައި މެންދުރު ކެއުމާއި ރޭނގަޑު ކެއުމުގެ ކުރިން ބުއިމަކީ ހަޖަމުކުރުމާއި، ގޮހޮރުގެ ސިއްހަތުގެ އިތުރުން މެޓަބޮލިކް ރޭޓް ރަނގަޅުކޮށްދީ، ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭ ކަމެކެވެ. މައްސަރު ދުވަސްވަރު މި ސައި ބުއިމަކީ ވޭނާއި އިންފްލެމޭޝަން ކުޑަކުރެވިދާނެ ކަމެކެވެ. މީގެ އިތުރުން ކަރުގައި ރިއްސުމާއި، ހުން އައުމާއި، މާބަނޑުވުމާ ގުޅުން ހުރި މޭނުބައި ކުރުމާއި، ބޮލުގައި ރިއްސުމަށް ވެސް ޖިންޖާ ޓީ އަކީ ވަރަށް ފައިދާހުރި ސައެކެވެ. ހަމަ އެހެންމެ އިސްތަށި ފޭބުން ތަހައްމަލް ކުރަމުންދާ އަންހެނުން ޖިންޖާ ޓީ ބޭނުން ކުރުމަކީ އިސްތަށިގަނޑު ދިގުވުމަށް މަގުފަހި ކުރުވާ އަދި ބޮލުގެ ހަންގަނޑުގެ ތެރޭގައި ލޭ ދައުރުވުން ރަނގަޅުކޮށްދޭ އެއްޗެކެވެ. 

your imageއިނގުރު ސައި

މިންޓް ޓީ

މިންޓް ޓީ އަކީ ކްރޭމްޕްސް މަދުކުރުމަށާއި، މަސްލް ކޮންޓްރެކްޝަން އިން ދުރުކޮށްދީ، ވޭން ކުޑަކޮށްދީ، ނާރުތަކުގެ ނިޒާމް ރަނގަޅުކުރުމަށް އެހީތެރިވެދޭ ރަނގަޅު އެންޓިއޮކްސިޑެންޓް ޕްރޮޕަޓީސް ތަކެއް ހުންނަ އެއްޗަކަށް ވާތީ މިއީ އަންހެނުންނަށް ވަރަށް ރަނގަޅު އެއްޗެކެވެ. މީގެ އިތުރުން މި ސައި ބުއިމަކީ އޭގެ އެންޓިބެކްޓީރިއަލް އަދި އެންޓިވައިރަލް ޕްރޮޕަޓީސްގެ ސަބަބުން އިންފެކްޝަންތަކާއި އެލާޖީތައް މަދުކުރުމަށް އެހީތެރިވެދޭ ކަމެކެވެ. މާބަނޑު ދުވަސްވަރު އާންމުކޮށް ދިމާވާ ހެނދުނުގެ ވަރުބަލިކަން ނުވަތަ މޭނުބައި ކުރުވުން ކުޑަކުރުމަށް ވެސް މި ސައި އެހީތެރިވެދެއެެވެ. 

your imageމިންޓް ޓީ

ބްލެކް ޓީ

މިއީ އެންމެ އާންމުކޮން އަހަރުމެން ބޭނުން ކުރާ ވައްތަރުގެ ސައެވެ. ކަޅު ސަޔަކީ އެންމެ ގިނަ އަދަދަކަށް ކެފެއިން އެކުލެވޭ އަދި ވަގުތުން ހަކަތަ ލެވެލް މަތިކޮށްލެވިދާނެ އެއްޗެކެވެ. ހަކުރު ނުލައި ކަޅު ސައި ބުއިމަކީ ލޭގެ ޕްރެޝަރު މަތިވުން މެނޭޖްކޮށް، މެޓަބޮލިޒަމް ރަނގަޅުކޮށްދީ، ބަނޑުގައި ރިހުން ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ބައެއް ހާލަތްތަކުގައި ހެނދުނުގެ ވަރުބަލިކަމާއި، މޭނުބައި ކުރުން ކުޑަކުރުމަށް ވެސް އެހީތެރިވެދެއެވެ. ހޫނު މޫސުމުގައި ފިނިކޮށް ކަޅު ސައި ބުއިމަކީ ޑައިރިއާ ހުއްޓުވަން ވެސް އެހީތެރިވެދޭނެ ކަމެކެވެ.

your imageބްލެކް ޓީ

ގްރީން ޓީ

ދުވާލަކު ދެ ފަހަރު ގްރީން ޓީ ބުއިމަކީ އެންޓިއޮކްސިޑެންޓެއް ކަމަށްވާ ކެޓަކިން ހުރުމުގެ ސަބަބުން އުމުރުން ދުވަސްވުމުގެ ސަބަބުން ފެންނަ ނިޝާންތައް މަދުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ގްރީން ޓީ އަކީ ހަށިގަނޑު ޑިޓޮކްސިފައި ކޮށް، ސްޓްރެސް އާއި އެންޒައިޓީ ދަށްކޮށްދޭ އަދި ހަލާކުވެފައިވާ ސެލްތައް ރަނގަޅު ކޮށްދިނުމުގައި އެހީތެރިވެދޭ އެއްޗެކެވެ. ގްރީން ޓީ އަކީ މެޓަބޮލިޒަމް އިތުރުކޮށް، ހަޖަމުކުރުމަށް އެހީތެރިވެދޭ، އަދި ބަރުދަން މެނޭޖްކުރުމުގައި އިތުރު އެހީތެރިކަމެއް ގެނެސްދޭ އެއްޗެއް ވެސް މެއެވެ.

your imageގްރީން ޓީ

67%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް