ads
ރަތް ހަނޑޫ ކާން ޖެހޭ 6 ސަބަބެއް!
މިހާރަކަށް އައިސް ވަރަަށް ގިނައިން ރަތް ހަނޑޫގެ މުހިންމު ކަމުގެ ވާހަކަ އަޑު އިވެމުންދެ އެވެ. ރަތް ހަނޑުލަކީ އަހަރުތަކެއް ވަންދެން އަހަރުމެންގެ ތެރޭގައި ހުރި ވަރަށް ފައިދާހުރި ހަނޑުލެކެވެ.

މި އާޓިކަލްގައި ރަތް ހަނޑުލުގެ ބައެއް ފައިދާތައް ހިއްސާކޮށްލާނަމެވެ. 

ހަކުރު ބަލި ކޮންޓްރޯލް ކުރުމަށް އެހީތެރިވެދެއެވެ. 

ދިރާސާތަކުން ދައްކާގޮތުގައި ރަތް ހަނޑުލަކީ އިންސިއުލިން ލެވެލް ރެގިއުލޭޓް ކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. ރަތް ހަނޑުލުގެ ގްލައިސިމިކް އިންޑެކްސް ދަށްވުމަކީ ހަކުރުގެ މިންވަރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ، ޑައިބެޓިކް ޕޭޝަންޓުން ބޭނުން ކުރަން ވަރަށް ރަނގަޅު އެއްޗެކެވެ. 

ނޭވާލަން އުނދަގޫވުން ކޮންޓްރޯލް ކޮށްދެއެވެ. 

ރަތް ހަނޑުލަކީ ޕަލްމޮނަރީ ފަންކްޝަންތައް ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ މެގްނީޒިއަމް އިން މުއްސަނދިވެފައިވާ އެއްޗެކެވެ. އަދި ހަށިގަނޑުގައި އޮކްސިޖަން ދައުރުވުން ރަނގަޅުކޮށްދެ އެވެ. އެހެންކަމުން މިއީ އޮޓޮމެޓިކުން އަސްތަމާ ނުވަތަ ނޭވާލަން އުނދަގޫވުން ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ.

އޮކްސިޖަން ބޭނުންކުރާ މިންވަރު ރަނގަޅުކޮށްދެއެވެ.

ރަތް ހަނޑުލަކީ ވެސް ދަގަނޑުން ފުރިފައިވާ އެއްޗަކަށް ވާއިރު، ރަތް ހަނޑޫ ކޮންމެ ދުވަހަކު ބޭނުންކުރުމަކީ އޮކްސިޖަން ދައުރުކުރުމުގައި އެހީތެރިވެދީ، ހަށިގަނޑުގެ ކޮންމެ ޓިޝޫއަކާއި ސެލްއަކަށް އޮކްސިޖަން ދައުރުކޮށް ދިނުމަށް އެހީތެރިވެދޭނެ ކަމެކެވެ. ތަޖުރިބާކާރުންގެ ނަޒަރުގައި ހަށިގަނޑުގައި އޮކްސިޖަން ގެ ފެންވަރު ރަނގަޅުވުމަކީ ތިބާގެ މޫޑާއި ހަކަތައިގެ މިންވަރު މަތިކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. 

ހަޖަމުކުރުން ރަނގަޅުކޮށްދެއެވެ.

ރަތް ހަނޑުލުގައި ވަރަށް ގިނަ އަދަދަކަށް ފައިބަރު އެކުލެވިގެންވެ އެވެ. އެހެންކަމުން މިއީ ހަޖަމުކުރުމުގެ ގިނަ މަސައްކަތްތަކުގައި އެހީތެރިވެދޭނެ އެއްޗެކެވެ. އަދި ސޮލިއުބަލް އާއި އިންސޮލިއުބަލް ފައިބަރުގެ ފައިދާތަކުން ފުރިގެންވާ އިރު މިއީ ހަށިގަނޑުން ވިހަތައް ބޭރުކޮށް، ފާހަނާ ކުރަން ފަސޭހަތަކެއް ގެނެސްދޭ އެއްޗެކެވެ. 

ހިތުގެ ބަލިތައް ދުރުކޮށްދެއެވެ.

ރަތް ހަނޑުލުގައި ހޯލް ގްރެއިންސް ހުރުމަކީ ހަށިގަނޑުގައި ހުންނަ ނުބައި ކޮލެސްޓްރޯލްގެ މިންވަރު ވަރަށް ފަސޭހައިން ދަށްކޮށްލެވިދާނެ ކަމެކެވެ. ކޮލެސްޓްރޯލް ލެވެލް ދަށްކުރުމަށާއި ހިތުގެ ބަލިތަކުން ދުރުކޮށްދިނުމަށް ވެސް އެހީތެރިވެދޭނެ އެއްޗެކެވެ.

ވަރުބަލިކަން ކުޑަކުރުމަށް އެހީތެރިވެދެއެވެ.

ރަތް ހަނޑުލަކީ ބަރުދަނަށް ބަލާ މީހުންނަށް ވަރަށް ފުރިހަމަ އެއްޗެކެވެ. އަދި މި ހަނޑުލުގައި ފައިބަރު އެކުލެވޭ މިންވަރު ގެ ސަބަބުން އެހެން ހަނޑޫތަކުގެ ވޭރިއަންޓްތަކާ އަޅާބަލާއިރު މިއީ ހަށިގަނޑަށް މާ ދުޅަހެޔޮ ޗޮއިސްއަކަށް ވެގެންދެ އެވެ. ރަތް ހަނޑުލުގައި ހުންނަ ބްރޭން ގެ ސަބަބުން ދިގު މުއްދަތަކަށް ބަނޑު ފުރިފައިވާ ކަމުގެ އިހްސާސް ކުރުވަ އެވެ.

81%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
5%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް