ads
މާޒިޔާގެ ޑިފެންޑަރު އަހްމަދު ޢަބްދުﷲ
މުޅި ޓީމުގެ ފޯކަސް އޮތީ ބެންގަލޫރު ބަލިކުރަން: ލިލީ
މުޅި ޓީމުގެ ފޯކަސް އޮތީ، އަންނަ ހަފުތާގައި ބެންގަލޫރު ބަލިކުރަން ކަމަށް، މާޒިޔާގެ ތަޖުރިބާކާރު ޑިފެންޑަރު އަހްމަދު ޢަބްދުﷲ ލިލީ ބުނެފިއެވެ.

އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުމަށް މާޒިޔާއިން އަންނަ ބުދަ ދުވަހު މާލޭގައި ބެންގަލޫރު އެފްސީއާ ދެކޮޅަށް ނުކުންނާއެވެ.

އަދި އެއަށް ފަހު ޖެހިގެން އަންނަ ހަފުތާގައި މި ދެ ޓީމު ބެންގަލޫރުގައި ކުޅުމަށް ފަހު ދެ މެޗުގެ އެގްރިގޭޓުން މޮޅުވާ ޓީމެއް އޭއެފްސީ ކަޕަށް ކޮލިފައިވާނެއެވެ.

"މާޒިޔާގެ ގިނަ ކުޅުންތެރިންވަނީ މީގެ ކުރިން ބެންގަލޫރާ ދެކޮޅަށް ކުޅެފައި. ހުރިހާ އެންމެންނަށްވެސް އެނގޭ ބެންގަލޫރުގެ ފެންވަރު. އެހެންކަމުން، އެންމެންގެ ފޯކަސްވެސް ހުރީ ބެންގަލޫރު ބަލިކޮށް ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދަން". މީގެ ކުރިން ނިއުރޭޑިއަންޓްގައި ބެންގަލޫރު އެފްސީ ބަލިކޮށްފައިވާ ލިލީ ބުންޏެވެ.

މާޒިޔާއާ ބެންގަލޫރު މީގެ ކުރިން ހަތަރު ފަހަރެއްގެ މަތިން ބައްދަލުކޮށްފައިވާއިރު މި ހަތަރު މެޗުވެސް ކާމިޔާބުކޮށްފައިވަނީ ބެންގަލޫރު އެފްސީންނެވެ. މާޒިޔާއާ ބެންގަލޫރު އެންމެ ފުރަތަމަ ވާދަކުރީ ދެހާސް ފަނަރަ ވަނަ އަހަރުގެ އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖުގައެވެ. 

ދެ ފަހަރުގެ ދެ މެޗުވެސް ބެންގަލޫރުން ކާމިޔާބުކޮށްފައިވާއިރު، މި ދެ ޓީމް އެންމެ ފަހުން ވާދަކުރީ ދެހާސް ސަތާރަވަނަ އަހަރުގެ އޭއެފްސީ ކަޕުގައެވެ. އެ ފަހަރުގެ ދެ މެޗުވެސް ކާމިޔާބު ކުރީ ބެންގަލޫރުންނެވެ.

"ކުރިން ބެންގަލޫރު މޮޅުވެފައި އޮތުމަކީ މި ފަހަރު މޮޅުވާން ޖެހޭ ސަބަބެއް ނޫން. މާޒިޔާގެ ސްކޮޑަކީވެސް ވަރަށް ވަރު ގަދަ ސްކޮޑެއް، އަދި ތައްޔާރުވަމުން މިދަނީވެސް އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދަން" އަންނަ އަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުން ޖާގައެއް ކަށަވަރުކޮށްފައިވާ މާޒިޔާގެ ޑިފެންޑަރު ލިލީ ބުންޏެވެ.

މާޒިޔާއާ ބެންގަލޫރު ކުޅޭ މެޗުން މޮޅުވެގެން ގްރޫޕު ސްޓޭޖުން ފުރުސަތު ހޯދާ ޓީމެއް ވާދަކުރާނީ ރާއްޖޭގެ ޓީސީއާ، އިންޑިއާގެ ޗެންނާއީ އެފްސީ އަދި ބަންގްލަދޭޝްގެ ބަޝުންދްރާ ކިންގްސްއާ އެއް ގްރޫޕެއްގައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް