ads
ޖޭއެސްސީގެ ރައީސް ހިސާން އަދި ޗީފް ޖުޑީޝަލް އެޑްމިނިސްްޓްރޭޓަރ ރިޒްނާ
އެޑްމިނިސްޓްރޭޓަރުންގެ މައްސަލަ މާދަމާ ހައިކޯޓުގައި
ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހަށް ފަހު މަގާމުން ވަކިކުރި ކޯޓު އެޑްމިނިސްޓްރޭޓަރުންނަށް އަލުން ވަޒީފާދޭން އެންގެމުން ޖޭއެސްސީން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައިގެ އަޑު އެހުމެއް މާދަމާއަށް ތާވަލުކޮށްފިއެވެ.

ކޯޓު އެޑްމިނިސްޓްރޭޓަރުން ގާނޫނާ ހިލާފަށް މަގާމުން ވަކިކުރި މައްސަލައިގެ އަޑު އެހުން މީގެ ދުވަސް ކޮޅެއް ކުރިން އޮތީ ހައިކޯޓުގައި ފެށިފައެވެ. މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ ޖުޑީޝަލް ސަރވިސް ކޮމިޝަނުންނެވެ. މާދަމާ ހައިކޯޓުގައި އޮތީ މައްސަލައިގެ ހުކުމް ކުރުން ކަމެއް ނުވަތަ އިތުރު އަޑު އެހުމެއް ކަމެއް ސާފެއް ނުވެއެވެ.

ޖޭއެސްސީގެ ގާނޫނަށް އެމްޑީޕީން ދެހާސް ނަވާރަވަނަ އަހަރު ގެނައި އިސްލާހުތަކާއެކު ދިހަ ކޯޓެއްގެ އިދާރީ އެންމެ އިސްވެރިން މަގާމުން ވަކިކުރިއެވެ. އޭގެ ތެރޭގައި މާލޭގައި ގާއިމް ކުރެވިފައިވާ ސުޕީރިއާ ކޯޓުތަކުގެ އިތުރުން ހައިކޯޓާ އަދި އެހެން ބައެއް ކޯޓުތައް ހިމެނެއެވެ. އެޑްމިނިސްޓްރޭޓަރުން ވަކިކުރުމުން އެ އެންމެން ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ޖޭއެސްސީއާ ދެކޮޅަށް ދައުވާ ކުރިއެވެ.ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެ މައްސަލަތައް ބެލުމަށް ފަހު އެ އެންމެންނަށް އަލުން ވަޒީފާ ދިނުމަށް ޖޭއެސްސީގެ މައްޗަށް އަމުރު ކުރުމުން ޖޭއެސްސީން އެ މައްސަލަތައްވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

ޖޭއެސްސީ ގާނޫނަށް ގެނެވުނު އިސްލާހަށް ފަހު ކޯޓުތަކުގެ ޗީފް އެޑްމިނިސްޓްރޭޓަރުން އައްޔަން ކުރުމުގެ އުސޫލު ބަދަލުކޮށް، ކުރިން ތިބި އެޑްމިނިސްޓްރޭޓަރުންގެ ތެރެއިން ވަކި މިންވަރަކަށް މާކްސް ނުލިބޭ މީހުން މަގާމުން ވަކިކުރުމުން އެ މަގާމުތަކަށް މީހުން ނުނެގުމަށް ޓްރައިބިއުނަލުން ޖޭއެސްސީގެ މައްޗަށް ކުރި އަމުރުވެސް ޖޭއެސްސީން ހައިކޯޓުގައި ކުރިން އިސްތިއުނާފު ކުރިއެވެ. އެހެންނަމަވެސް ހައިކޯޓުންވެސް ނިންމާފައިވަނީ އެ މަގާމުތަކަށް ދާއިމީ މުވައްޒަފުން ނުނެގުމަށެވެ. ފަހުން އެ މައްސަލަ ނިމި، މަގާމުން ވަކި ކުރި އެޑްމިނިސްޓްރޭޓަރުންނަށް އަލުން ވަޒީފާދޭން އެންގީއެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް