އޭގެފަހުން، އެގޭންގުން އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ސަލްމާން ހާނަަށްވެސް އިންޒާރުދީފަ ވާއިރު، އެމައްސަލައާއި ގުޅިގެން ގުޅިގެން، ނިއުޔޯކް ޓައިމްސް އިން ހިނގި ތަހުގީގަކުން ސީދޫ މޫސޭ ވާލާ މަރައިލުމުގައި ބައިވެރިވެ ލޮއިރެންސް ބިޝޯނީ، ސަލްމާން ހާން މައިރައިލަން ސްނައިޕަރެއް ފޮނުވިކަން ވަނީ ހާމަވެފަ އެވެ.
ބޭރުގެ ރިޕޯޓުތައް ބުނާގޮތުން މިހާރު އެގޭގުން ޓާގެޓުކޮށްގެން އުޅޭ ބޮލީވުޑު ތަރިންގެ ލިސްޓުގައި މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރުވެސް އެބައޮތެވެ.
މިމައުލޫމާތު ލިބިފައިވަނީ، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސިދޫ މޫސެވާލާ ގަޔަށް ބަޑިޖެހި ސަންތޯޝް ޖާދަވްގެ ގާތް ގުޅުމެއް އޮންނަ ސިއްދޭޝް ކަމްބްލޭ، އަށް އެތައް ސުވާލުތަކެއް ކުރިމަތިކޮށް، ދިއްލީ ޕޮލިސްގެ ސްޕެޝަލް ސެލް އާއި ޕަންޖާބް ޕޮލިސް އަދި މުމްބާއީ ކްރައިމް ބްރާންޗްގެ ޓީމަކުން ގްރިލް ކުރުމުން ނެވެ.
އޭނާ ފުލުހުންނަށް ދިން ބަޔާންތަކުގައި ބުނެފައި ވަނީ ބިޝްނޯއީ ގޭންގުން ކަރަން ވަގަށް ނެނގުމަށް ނިންމާފަވަނީ ފަސް ކްރޯޑް ރުޕީސް ހޯދުމަށް ކަމަށެވެ. އެތަހުގީގު ތެރެއިން ފުލުހުން ވަނީ އޭނާގެ ކިބައިން ސިދޫގެ މަރުގެ ތެރޭގައި ހިމެނޭ ބައެއް މީހުންގެ ނަންތައްވެސް ހޯދާފަ އެވެ.