ރަކްޞާ ބަންދަން ޕޯސްޓާރ.....
ރަކްސާ ބަންދަން ޓްރެއިލަ މިމަހު 21 ގައި ނެރެނީ
Share
ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި އަކްޝޭ ކުމާރް ގެ އިތުރުން އަދިވެސް އިތުރު ތަރިންތަކެއް ހިމެނޭހެން ކުޅެފައިވާ " ރަކްޝާ ބަންދަން " ފިލްމް ގެ ޓްރެއިލާ މި ޖޫން މަހުގެ 21 ގައި ބެލުންތެރިއްނާ ހަމަޔަށް ފެއްނާނެ ކަމަށް ބުނެފި އެވެ.
Advertisement

މި ޓްރެއިލާ ނެރެން ހަމަ ޖެހިފައި ވަނީ އިންޑިއާގެ މުމްބައި ގައި މީޑިއާވެސް ހިމެނޭހެން ބާއްވާ ލައިވް އިވެންޓެއްގަ އެވެ. 

ފިލްމާ ބެހޭ ގޮތުން އަކްޝޭ ބުނެފައި ވަނީ ފިލްމަކީ ވަރަށް އަސަރު ގަދަ ފިލްމެއް ކަމަށާ، ފިލްމް ނިކުތުމުން އާއިލާ އާއެކު ބެލުން މުހިންމު ކަމަށެވެ.

އަކްޝޭ އަކީ މިހާރު ބޮލީވުޑްގައި ހުރި އެންމެ ސްޕީޑް ބާރު އެއް ތަރި އެވެ. އަކްޝޭ ޓާގެޓަކީ ކޮންމެ ޕްރޮޖެކްޓެއްވެސް ބެލުން ތެރިއްނަށް ކަމުގޮސް ހިޓުވުމެވެ. 

އަކްޝޭ އިތުރަށް ބުނެފައި ވަނީ އިތުރަށް ވެސް ބެލުންތެރިއްނަށް ކަމުދާނެ މަސައްކަތް ތަކެއް އެބަހުރިކަމަށެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް