ads
ކުޑަ ކުއްޖާ ރޭޕުކުރި ކާފައާއި މުނިކާފަގެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވައިފި
ގއ. ކަނޑުހުޅުދޫ ގައި ދެ އަހަރު ނުވާ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި އެ ކުއްޖާގެ ކާފައާއި މުނިކާފަ އަށް ދައުވާކޮށް އެ މައްސަލަ ކްރިމިނަލް ކޯޓަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ފޮނުވައިފިއެވެ.

ޕްރެސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިރޭ ބުނީ، ގއ. ކަނޑުހުޅުދޫ، ރިހިވެލި، އިބްރާހީމް ދީދީ (62އ) އާއި ގއ. ކަނޑުހުޅުދޫ، އަންނާރުމާގެ، ޙަސަން މޫސާދީދީ (82އ) ގެ މައްޗަށް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ، ޤާނޫނުގެ ގެ ދަށުން، އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވާ ކަމަށެވެ.

އެ ދެމީހުން ހައްޔަރުކޮށްފައިވަނީ ޖެނުއަރީ މަހު 17 ވަނަ ދުވަހުއެވެ.

މި މައްސަލައިގައި ގިނަބަޔަކު ރާއްޖޭގެ މަގުތަކަށް ބުކުމުގެ މުޒާހަރާވެސް ކުރިއެވެ. 

އެކުއްޖާގެ ބައްޕަ ދިރިއުޅޭ ގޭދޮށަށް މީހުން އެއްވެ އޭނާގެ ބައްޕަ ހައްޔަރުކުރުމަށް ގޮވާލާ މުޒާހަރާކުރިއެވެ. 

އަދި އެ އެ ކުއްޖާގެ ބައްޕަވެސް ވަނީ ހައްޔަރު ކޮށްފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް