ads
ވިނަރެސް ފްލެޓެއްގެ އެތެރެ--
ޗައިނާ އިން ތަރައްގީކުރި ވިނަރެސް ފްލެޓްތައް ރަސްމީކޮށް އެޗްޑީސީއާ ހަވާލުކޮށްފި
ޗައިނާގެ މެޝިނަރީ އެންޑް އިންޖިނިއަރިން ކުންފުނި (ސީއެމްއެސްއީ) އިން ހުޅުމާލޭގެ ދެވަަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓުތައް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ މިއަދު ހަވާލުކޮށްފި އެވެ.

ވިނަރެސް ފްލެޓްތަކަކީ ރާއްޖޭގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯދުމަށް ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުން ފަށައިގެން ކުރިއަށްގެންދިޔަ "ގެދޮރުވެރި ޕްރޮގްރާމް"ގެ ޕްރޮޖެކްޓެކެވެ. 

މި މަޝްރޫއުގެ ދަށުން ޖުމްލަ 1،344 އެޕާޓްމެންޓް ހިމެނޭގޮތަށް 10 ޓަވަރު އިމާރާތް ކޮށްފައިވެއެވެ. 

ވިނަރެސް ފްލެޓްތައް ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރާއްޖެއިން ފްލެޓްތަކުގެ ރަމްޒީ ތަޅުދަނޑި ހަވާލުކޮށްދެއްވީ ޗައިނާގެ ސީއެމްއެސްއީގެ ޖެނެރަލް މެނޭޖަރު ޝިޖިންޓާއޯ އެވެ. ރާއްޖޭގެ ފަރާތުން ހަވާލުވެލެއްވީ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި، އެޗްޑީސީގެ ޗެއާމަން ސުހެއިލް އަހުމަދެވެ. 

your imageވިނަރެސް އެޕާޓުމެންޓުގެ ޑިޖިޓަލް ކުރެހުމެއް--

އަދި ވިދާޅުވީ ޗައިނާގެ ސީއެމްއެސްއީ ކުންފުނިން ރާއްޖޭގައި ހިންގާފައިވަނީ ބޮޑު ތިން މަސްރޫއުކަން ފާހަގަ ކުރައްވަމުން އަސްލަމް ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް ޗައިނާގެ އެހީތެރިކަން ރާއްޖެއަށް ލިބުމަށް އުންމީދުކުރައްވާ ކަމަށެވެ. އަސްލަމް ވިދާޅުވީ މި މަހުގެ 26 ވަނަ ދުވަހު މާލޭ ރައްޔިތުންނަށް ހާއްސަކޮށްގެން ދޫކުރާ ގޯތިތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިގެންދާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރު އަސްލަމް ވިދާޅުވީ ސަރުކާރުގެ ގެދޮރުވެރި ޕްރޮގްރާމުގެ ވައުދުގެ ތެރެއިން ހިންގާ ޕްރޮޖެކްޓުތައް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. 

އެޗްޑީސީއިން މީގެ ކުރިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ވިނަރެސްގެ ތިން ކޮޓަރީގެ 1،344 އެޕާޓްމެންޓްގެ ތެރެއިން ގާތްގަނޑަކަށް 1،000 ފްލެޓް ހުޅުވާލަނީ މާލޭގެ ރަށްވެހިންނަށް ކަމަށެވެ. އަދި ގުޅިފަޅާއި ސީ ލައިފުން ފުލެޓު ގަތް މީހުންނަށާއި ހިޔާ ފްލެޓް ދޫކޮށްލި މީހުންނަށް ވެސް ވިނަރެސް އިން ފްލެޓް ދޭނެ އެވެ. މީގެ އިތުރުން މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ މީހުންނަށް ހާއްސަކޮށް 100 ފްލެޓް ވަނީ ހާއްސަކޮށްފަ އެވެ 

މި ފުލެޓުތަކަށް ޑައުން ޕޭމަންޓުގެ ގޮތުގައި ފުރަތަމަ 375،000 ރުފިޔާ އާއި 457،000 ރުފިޔާ ދެމެދުގެ އަގެއް ދައްކަންޖެހެ އެވެ. 20 އަހަރަށް ބަހާލައިގެން މަހު ކުލީގެ ގޮތުގައި މަހަކު ވިނަރެސްގެ ފުލެޓުތަކަށް 19،000 ރުފިޔާ އާއި 23،300 ރުފިޔާއާއި ދެމެދުގެ އަގެއް ދައްކަންޖެހެ އެވެ. 

މީގެ އިތުރުން 25 އަހަރަށް ބަހައިލައިގެން އެތަނުގެ ކުލި ދައްކާނަމަ ޑައުން ޕޭމަންޓުގެ ގޮތުގައި 500،000 އާއި 609،000 ދެމެދުގެ އަދަދެއް ދައްކަން ޖެހޭ އިރު، މަހު ކުލީގެ ގޮތުގައި 16،790 އާއި 20،470 ރުފިޔާއާއި ދެމެދުގެ އަދަދެއް ދައްކަންޖެހެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް