ads
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކެބް އެމްވީން 20 ޕަސަންޓުގެ ޑިސްކައުންޓެއް
ޑިސްއެބިލިޓީ ކާޑު އޮންނަ ކޮންމެ މީހަކަށް ކެބްއެމްވީން 20 ޕަސަންޓު ޑިސްކައުންޓްދޭން ފަށައިފިއެވެ.

އެގޮތުން ޑިސްއެބިލިޓީ ކާޑު އޮންނަ ފަރާތްތަކަށް މާލެއާއި ހުޅުމާލެ އަދި އެއާޕޯޓަށް ކެބް އެމްވީ ޓެކްސީ ސެންޓަރުގެ ކޮންމެ ޓެކްސީ އެއްގައި ކުރާ ކޮންމެ ދަތުރަކަށް 20 ޕަސެންޓް ޑިސްކައުންޓް ލިބޭނެކަމަށް އެ އެ ސެންޓަރުން ބުނެއެވެ. 

"މާލޭގައި ދިރިއުޅެމުންދާ ފަރާތްތަކުން އަބަދުވެސް ކުރަމުންދާ އެއް ޝަަކުވާއަކީ ދަތުރުފަތުރު ކުރުމުގެ ނިޒާމުގެ ދަތިކަމެއް. ހާއްސަކޮށް ގަޑިއަށް ދުރުތަނަކަށް ދާން ބޭނުންވެއްޖެނަމަ ޓެކްސީއެއް ނުލިބޭ މައްސަލައަކީ ގިނަބަޔަކު ފާހަގަކުރާ ކަމެއް. އަދި ޓެކްސީއެއް ލިބުނަސް، ޑްރައިވަރުންގެ މަސައްކަތުގެ ފެންވަރާއި މެދު ހިތްހަމަނުޖެހޭ ވާހަކަތަކަކީ އަޅުގަނޑުމެން އަބަދުވެސް އަހާ ވާހަކައެއް،" -ކެބް އެމްވީ-

މާލޭ ސަރަހައްދުގައި ޓެކްސީ ކުރުމަކީ އާދައިގެ ކަމެއްގެ ގޮތުގައި އޮއްވާ، ޓެކްނޮލޮޖީގެ ވަސީލަތްތަކާއި ޓެކްސީތައް ގުުޅުވާލީ ކެބް އެމްވީގެ ފަރާތުންކަމަށް އެ ކުންފުނިން ބުނެއެވެ. 

"ފަހިކެބް" ނަމަކަށް ކިޔާ މޯބައިލް އެޕްލިކޭޝަނަކުންނާއި ފޯނުގެ ޒަރިއްޔާއިން ކެބްއެމްވީގެ ހިދުމަތަށް ދުވާލަކު އެތައް ސަތޭކަ ބަޔަކު އެދެމުންދެއެވެ. އަދި އޭގެ ތެރޭގައި ހިމެނޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މި ދިން ޑިސްކައުންޓުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލީ ގޮތުން ލުއި ފަސޭހަތަކެއް ލިބިގެންދާނެއެވެ. 

ކެބް އެމްވީއަށް އެއްއަހަރު ފުރިފައިވާއިރު، މާލެ ސިޓީގެ އިތުރުން އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ކުޅުދުއްފުށި ސިޓީ އަދި ލ.އަތޮޅުގައި ކެބްއެމްވީގެ ހިދުމަތްތައް ދެމުން ގެންދެއެވެ. މިއީ އެންމެ ފުޅާ ދާއިރާއެއްގައި މުޅި ރާއްޖޭގައި ޓެކްސީގެ ހިދުމަތް ދެމުންގެންދާ އެއް ސެންޓަރެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް