ads
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ޔޯގާ އިވެންޓު ހުއްޓުވި މީހުންނަށް ރައީސް ސޯލިހުގެ ވަރުގަދަ މެސެޖެއް!
މިއަދު ހެނދުނު ގަލޮޅު ދަނޑުގައި ބައިނަލް އަގުވާމީ ގޮތުން ފާހަގަކުރާ ޔޯގާ ޑޭ ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ ހަމަނުޖެހުން ހިންގާ އެ އިވެންޓު ހުއްޓުވި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށާއި އެމީހުން ގާނޫނުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އިންޓަނޭޝަނަލް ޔޯގާ ޑޭ ފާހަގަ ކުރުމަށް ޔޫތު މިނިސްޓްރީން އާއި އިންޑިއާ ހައި ކޮމިޝަނާއި އިންޑިއަން ކަލްޗަރަލް ސެންޓަރު ގުޅިގެން މިއަދު ހެނދުނު ދަނޑުގައި ކުރިއަށް ގެންދިޔަ ހަރަކާތްތެއްގެ ތެރެއަށް ވަދެގަނެ، ބައެއް މީހުންނަށް ހަމަލާވެސް ދީފައިވާތީ ދާދި ދެންމެއަކު ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެއީ ސީރިއަސް އަދި ކަންބޮޑުވާ މައްސަލައެއްގެ ގޮތުގައި ބަލާ، ފުލުހުންގެ ސީރީއަސް ތަހުގީގެއް ކުރިއަށްދާ ކަމަށެވެ. 

އަދި އެކަމުގައި ޒިންމާ ނަގަންޖެހޭ ފަރާތްތައް ވީހާވެސް އަވަހަށް ގާނޫނުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ވިދާޅުވި އެވެ.

ޔޯގާ އަކީ ހިންދޫއިންގެ އަޅުކަމެއްގެ ގޮތުގައި ފާހަގަ ކުރާ ހަރަކަތެއް ކަމަށް ބުނެ އެކަމާ ދެކޮޅަށް ދަނޑު ބޭރުގައި ތިބެގެން އަޑު އުފުލުމަށް ފަހު އެވެ.

ދަނޑުގެ ބޭރުގައި ޖަހާފައި ހުރި ފެންސް ވެސް ހަލާކުކޮށްލުމަށް ފަހު އެތަނުގެ ތެރެއަށް ވަދެ އެތަނުގައި ޖަހާފައި ހުރި ދިދަ ދަނޑިތަކުންނާއި، ފުޅިފަދަ އެއްޗެހި ބޭނުންކޮށްގެން އެ ހަރަކާތުގައި ބައިވެރިވި ބައެއް މީހުންނަށް ހަމަލާ ދިން ކަމަށް ވެއެވެ. އޭގެތޭރޭގައި އިންޑިއަން ހައިކޮމިޝަނުގެ މުވައްޒަފަކު ވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ. 

ފުލުހުން މިއަދު "ސީއެންއެމް" އަށް ބުނީ އެ ހަރަކާތުން ހަ މީހަކު ހައްޔަރުކޮށް، އެއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ. 

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
30%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް