ads
ބޫލް ބުލައްޔާ 2 ގެ ޕޯސްޓާރ......
ބޫލް ބުލައްޔާ 2 ބެލުންތެރިއްނާ ހަމަޔަށް !
ދެހާސްހަތް ވަނަ އަހަރުގެ އޮކްޓޫބަރ މަހުގެ 12 ވަނަ ދުވަހު ރިލީސް ކުރި ބޫލް ބުލައްޔާ ފިލްމްގެ ދެވަނަ ބައި މިހާރު މިވަނީ ބެލުން ތެރިއްނާ ހަމަޔަށް އައިސްފަ އެވެ.

ބޫލް ބުލައްޔާ މި ފިލްމުން ފެނިގެން ދިޔަ ތަރިިން ތަކުގެ ތެރޭގައި އަކްޝޭ ކުމާރް، އަމީޝާ ޕަޓޭލް، ވިދްޔާ ބާލަން، ރާޖްޕާލް ޔާދަވް، ޕަރޭޝް ރަވާލް، ޝިނޭ އަހޫޖާ، އަސްރާނީ ގެ އިތުރުން މަނޯޖް ޖޯސީ ވެސް ފެނިގެން ގޮސްފައިވެ އެެވެ.

މި ފިލްމްގެ  "އަމިޖޭތޮ މާރް " މި ލަވަ އަކީ ބެލުން ތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުން ލަވައެކެވެ. ބޫލް ބުލައްޔާ 2 ގަވެސް މި ލަވަ ކުޑަ ކޮށް ތަފާތު ކޮށްލުމަށް ފަހު ހިމަނާފައިވެ އެވެ. 

ބޫލް ބުލައްޔާ 2 އަކުން ފެނިގެން ދާ ތަރިންގެ ތެރޭގައި ކިއަރާ އަދްވާނީ، ތަބޫ، ކާާރްތިކް އާރްޔާން، ސަންޖޭ،  އަންގަދް ބޭޑީ، ރާޖްޕާލް ޔާދަވް ގެ އިތުރުން ވެސް އެތަކެއް ބައެއް ހިމެނެ އެވެ. މި ފިލްމް ގައި ތަބޫ ދެ ރޯލް އިން ފެނިގެންދެ އެވެ. އެއީ އެއްމާބަނޑު ދެބެން ގެ ރޯލް އިންނެވެ. އަންޖުލިކާ އަދި މަންޖުލިކާ އެވެ. ފިލްމުގައި ޖިންނި އަކީވެސް ތަބޫ އެވެ. މި ފިލްމަކީ ކޮމެޑީ ބިރުވެރި ފިލްމެކެއެވެ. 

ބޫލް ބުލައްޔާ މި ފިލްމިން ވިދްޔާ ބާލަން އަށްވަނީ އެ އަހަރުގެ އެންމެ މޮޅު އަންހެން އެކްޓްރެސް ގެ އެވާޑްވެސް ލިބިފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް