ads
ގްރީން ސްޓްރީޓްސްގެ ކޯޗަކަށް ނިސްތާރު
ގްރީން ސްޓްރީޓްސްގެ ކޯޗުކަމުން، އަލީ ސުޒޭން ވަކިކޮށް، އެ މަގާމަށް ފޯކައިދޫގެ ކޯޗުކަމުގެ މަގާމުގައި ހުރި އަލީ ނިސްތާރު މުހައްމަދު ހަމަ ޖައްސައިފިއެވެ.

 ނިސްތާރުގެ އިރުޝާދުގެ ދަށުން ގްރީން ސްޓްރީސް ފުރަތަމަ ނުކުންނާނެ މެޗަކަށް ވެގެންދާނީ، އެފްއޭކަޕުގައި އަންނަ މަހު މާޒިޔާއާ ދެކޮޅަށް ނުކުންނަން ޖެހޭ މެޗެވެ.

ގްރީން ސްޓްރީޓްސްއިންވަނީ އެ ޓީމުގެ ހެޑް ކޯޗުގެ މަގާމުގައި ހުރި އަލީ ސުޒޭންވަނީ މިދިޔަ ހަފުތާ ތެރޭ މަގާމުން ވަކިކޮށްފައެވެ. ސުޒޭން ވަކިކޮށް، އާ ކޯޗުގެ ގޮތުގައި ނިސްތާރު އިއުލާންކުރީ ރޭގެ ވަގުތެއްގަ އެވެ.  

ނިސްތާރަކީ، އަރަމުން އަންނަ ޒުވާން ކޯޗުގެ ތެރެއިން އެންމެ އިތުބާރު އެއް ކޯޗެވެ. އޭނާވަނީ މީގެ ކުރިން ފޯކައިދޫ އާ އއ. މާޅޮހު ޓީމަށް އެއްވަނަ ޑިވިޝަންގައި ކޯޗު ކޮށްދީފައެވެ. އޭއެފްސީ އޭ ލައިސަންސް ހޯދާފައިވާ ނިސްތާރުއަށް ގްރީންއާއި އެކު ކުރިއަށް ދިޔުމަށް މި ސީޒަނަށް އޮތް މުބާރާތްތަކަކީ އެފްއޭކަޕާއި ޕްރެޒިޑެންޓްސް ކަޕެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް