އަދިވެސް ހަމަ ހިޓާޗީ ވަރެއްނެތް، އެސްޓީއޯއިން ހަމަ ހިޓާޗީ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
Share
މުޅި ރާއްޖެއަށް މަގުބޫލް ބްރޭންޑެއް ކަމުގައިވާ "ހިޓާޗީ" އަށް ހާއްސަ ކޮށްގެން އެސްޓީއޯއިން ހަމަ ހިޓާޗީ ނަމުގައި ޕްރޮމޯޝާނެއް ފަށައިފި އެވެ.
Advertisement
އޮގަސްޓް 30 ގެ ނިޔަލަށް ކުރިޔައްދާ މި ޕްރޮމޯޝަން އެސްޓީއޯ ޕީޕަލް ޗޮއިސް ގެ އިތުރުން އެސްޓީއޯ ރީޖަނަލް ފިހާރަތަކުގައިވެސް ކުރިޔައްދާނެ އެވެ. އެސްޓިއޯ އިން ހިޓާޗީ ބްރޭންޑް އިންޕޯޓް ކޮށް ވިއްކާތާ 25 އަހަރަށްވުރެ ގިނަދުވަސް ވެފައިވާއިރު މި ބްރޭންޑްކީ ކަސްޓަމަރުންގެ އިތުބާރު ހޯދައިފައިވާ އެއްވަނަ ބްރޭންޑެވެ. 

"ހަމަ ހިޓާޗީ" ޕްރޮމޯޝަންގެ ތެރެއިން ހިޓާޗީ ބްރޭންޑްގެ އައިސްއަލަމާރި، ދޮންނަމެޝިން، އެއާޕިޔުރިފަޔާ، ޓީވީ‌، ‌ޕަންޕު، ވެކްޔުމްކުލީނާ، ރައިސްކުކާ، އަވަން، އަދި އެއާކޯން ހިމެނޭހެން ގިނަ ޕްރޮޑަކްޓްތަކަކަށް 30 އިންސައްތައާއި ހަމަޔަށް ޑިސްކައުންޓް ލިބޭނެ އެވެ. މީގެއިތުރުން އެއާކޯން އަދި ރެފްރިޖިރޭޓަރު ފަދަ ތަކެތި ގެތަކާ ހަމައަށް ގެންގޮސްދިނުން އަދި އެއާކޮންޑިޝަނަރު ހަރުކުރުމުގެ ހިދުމަތް މުޅިން ހިލޭ ލިބޭނެ ކަމަށްވެސް އެސްޓީއޯއިން ބުނެ އެވެ.  

ހަމަ ހިޓާޗީ ޕްރޮމޯޝަންގެ ތެރެއިން ކުރާ ކޮންމެ 1،000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަންއެއް ލިބެ އެވެ. އަދި، މި ކަސްޓަމަރުންގެ ތެރެއިން ކޮންމެ ހަފްތާއަކު ނަސީބުވެރިއެއް ހޮވައި ވަރަށް އަގުހުރި އިނާމުތަކެއް ހަވާލުކުރެވޭނެ ކަމަށްވެސް އެސްޓީއޯއިން  ބުނެ އެވެ. އަދި ޕްރޮމޯޝަން ނިމުމުން ހުރިހާ ކަސްޓަމަރުންގެ މެދުގައި ގުރުއަތު ނަގައި ނަސީބުވެރި ތިން ފަރާތެއްހޮވައި، ކޮންމެ ފަރާތަކަށްވެސް 50،000 ރުފިޔާގެ އެސްޓީއޯ ޕީޕަލް ޗޮއިސް ގިފްޓް ވައުޗާއެއް ލިބިލައްވާނެ އެވެ.  
މީގެ އިތުރުން ހަމަ ހިޓާޗީ ޕްރޮމޯޝަންގެ ތެރެއިން ސޯޝަލް މީޑިއާގައި ހިޓާޗީ ޕްރޮޑަކްޓެއްގެ ފޮޓޯ ޕޯސްޓުކޮށްގެން ކޮންމެ ހަފްތާއަކުވެސް ނަސީބުވެރި ފަރާތެއްހޮވައި އެފަރާތަށް ވަރަށް އަގުހުރި އިނާމެއް ލިބޭނެ ކަމަށްވެސް އެސްްޓީއޯއިން ބުނެ އެވެ. މި މުބާރާތުގެ އިތުރު މައުލޫމާތު އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ތަކުން ލިބޭނެ އެވެ.  

your image

އެސްޓީއޯއިން ވަނީ އެ ކުންފުނިން ވިއްކާ ހިޓާޗީ އޭސީގެ ހަ މޮޑެލްއެއްގައި، ކަރަންޓު ބޭނުންވާ މިންވަރު އަންގައިދޭ ދިވެހިން ލިޔެފައިވާ ލޭބަލް ޖަހާފަ އެވެ. މިއީ ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށް ބާރު އަޅާ، އެންވަޔަރަމަންޓް މިނިސްޓްރީން ފަށާފައިވާ މަސައްކަތެކެވެ. އެސްޓީއޯއަކީ ހަކަތަ ސަމަކާރަ ލޭބަލް ޖަހަން ފެށި ފުރަތަމަ ކުންފުންޏެވެ. އެސްޓީއޯއިން ލޭބަލް ޖެހި އޭސީގެ ތެރޭގައި އާއްމު އޭސީތަކަށްވުރެ 42 އިންސައްތަ ކަރަންޓް މަދުން ބޭނުންކުރާ އެއަ ކޮންޑިޝަންތައް ހިމެނެ އެވެ. ހަކަތަ ސަމަކާރަ ޕްރޮގްރާމްގެ ދަށުން އައިސް އަލަމާރިއާ ދޮންނަ މެޝިންގައިވެސް ލޭބަލް ޖެހުމަށްވަނީ ހަމަޖެހިފަ ކަމަށް އެސްޓީއޯއިން  ބުނެ އެވެ. 

ދިވެހިންގެ މެދުގައި އިތުބާރު ދަމަހައްޓާފައިވާ ކަރަންޓް ހަރަދު ކުޑަ، ފެންވަރު ރަނގަޅު އޭސީ ނުވަތަ އައިސަލަމާރިއެއް ގަންނަން ވިޔަސް އަދިވެސް ހަމަ ހިޓާޗީ ވަރެއް ނެތެވެ.  
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް