ads
އެ ސަރަހައްދުގައި އެވަގުތު ހަރަކާތްތެރިވީ ޓްރެފިކް ފުލުހުންނާއެކު ހަވަރަކަށް މީހުން
ޔޯގާ ހަރަކާތް ހުއްޓުވި މައްސަލައިގައި އިތުރު ބަޔަކު ހައްޔަރުކޮށްފި
ގަލޮޅު ދަނޑުގައި އިއްޔެ ކުރިއަށް ދިޔަ ޔޯގާ ހަރަކާތް ހުއްޓުވި މައްސަލައާ ގުޅިގެން އިތުރު ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މީގެ ކުޑައިރުކޮޅެއް ކުރިން މީޑިއާ ތަކަށް މައުލޫމާތު ދެމުން ބުނީ، އިއްޔެ ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިޔަ މުޒާހަރާ އާއި ގުޅިގެން އިތުރު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި، ޕީޕީއެމްގެ ހަރަކާތް ކޮމިޓީގެ އިސްކޮށް އުޅުއްވާ މުހައްމަދު އިސްމާއިލް އާއި، ޕީޕީއެމްގެ އެކްޓިިވިސްޓެއް ކަމަށްވާ އަލީ ނަސީމް (ތަކަނޭ) ހިމެނެ އެވެ. 

އެމީހުން ހައްޔަރުކުރީ ކާނިވާ ސަރަހައްދުގައި ތިއްބާ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.

ޔޯގާ ހަރަކާތް ހުއްޓުވި މައްސަލަ އާއި ގުޅިގެން ފުލުހުން ވަނީ އިއްޔެ އެ ސަރަހައްދުން ހަ މީހުން ހައްޔަރުކޮށްފަ އެވެ. 

ހައްޔަރުކޮށްފަވާ މީހުން

ކ. ތުލުސްދޫ، ވީނަސް، މުހައްމަދު ނަދީމް (43އ)

ކ. މާލެ، މއ. ކަނުހުރާ، މުޙައްމަދު ޛިލްޔަން (37އ)

ކ. މާލެ، ދަފްތަރު ނަންބަރު ދރ 1105، ޝާމީ ރަޝާދު އިދްރީސް (30އ)

ތ. މަޑިފުށި، ހެޕީސައިޑް، މުހައްމަދު މައުސޫމް (40އ)

ހއ. ތުރާކުނު، ގްރީންހައުސް، މުހައްމަދު ޙުހުސައިން (47އ)

ގދ. ރަތަފަންދޫ، ލިލީޕާކް، އަމީން އަހްމަދު (35އ)

މިމީހުންގެ ތެރެއިން ހަތަރު މީހެއްގެ ބަންދަށް ދެމަސް އަދި ދެ މީހެއްގެ ބަންދަށް ފަސް ދުވަސް މިއަދު ވަނީ ދީފަ އެވެ. އެ މީހުންގެ ތެރެއިން ދެމަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ މުހައްމަދު ނަދީމާއި މުހައްމަދު މައުސޫމާއި، މުހައްމަދު ހުސައިންގެ އިތުރުން އަމީން އަހްމަދެވެ. 

ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ މުހައްމަދު ޛިލްޔަން އާއި ޝާމީ ރަޝާދު އިދްރީސް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް