ads
ތިން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ހައްޔަރުކޮށްފި
ރާއްޖޭގެ އުތުރުގެ ރަށެއްގައި ތިން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައަކާއި ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ހއ. ހދ. ށ. އަތޮޅު، ހިމެނޭ ރަށެއްގައި ހަތް އަހަރާއި 10 އަހަރުގެ އަންހެން ކުއްޖަކަށާއި އަދި 13 އަހަރުގެ ފިރިހެން ކުއްޖަކަށް އެކި ދުވަސްތައް މަތިން ޖިންސީ ގޯނާ ކުރި މައްސަލައެއް މިމަހުގެ 12 ވަނަ ދުވަހު އެ އިދާރާއަށް ހުށަހެޅިފައިވާ ކަމަށެވެ. 

ފުލުހުން ބުނީ މިއަދުގެ ވަގުތެއްގައި ފުލުހުން ވަނީ އެމައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައި ކަމަށެވެ. މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާތީ އެކަމުގެ ތަފްސީލެއް ފުލުހުން ނުދެ އެވެ. 

ނަމަވެސް އެކުދިންތައް ނިސްބަތްވާ ރަށް ފުލުހުން ހިއްސާކޮށްފައި ނުވަނީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގައި އަބަދުވެސް އަމަލުކުރަމުން އަންނަ އުސޫލުގެ ދަށުން އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން ކަމަށް ފުލުހުން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް