ޝެއިހް ނިޝާން އަދި ޝެއިހް ފަޒްލޫން
ހައްޔަރުކުރި 2 ޝެއިހުންނަށް ގިނަ ތުހުމަތުތަކެއް، ތަގުރީރު ދިނުމުގެ ހުއްދަ ހިފަހައްޓައިފި
Share
ބައިނަލްއަގުވާމީ ޔޯގާ ޑޭ ފާހަގަ ކުރުމަށް ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ހަރަކާތުތެރެއަށް ބަޔަކު ވަދެގަނެ ހިންގި ހަމަނުޖެހުމުގައި އިސް ދައުރެއް އަދާކޮށްފައިވާކަމަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން ހައްޔަރުކުރި، ޝެއިހް ފަޒްލޫން ބިން މުހައްމަދު އާއި ޝެއިހް އާދަމް ނިޝާންގެ ދީނީ ތަގުރީރު ދިނުމުގެ ހުއްދަ ވަގުތީގޮތުން ހިފަހައްޓައިފި އެވެ.
Advertisement

ޝެއިހް ފަޒްލޫން އަދި ޝެއިހް ނިޝާން ރޭގެ ވަގުތެއްގައި ވަނީ ހައްޔަރުކޮށްފަ އެވެ. އެކަމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެދެމީހުންނަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެންނާއި، ޖިނާއީ ތަހުގީގެއް ހިންގަމުންދާކަން ފުލުހުން އެ މިނިސްޓްރީއަށް އަންގާފަވާތީ، އެ ދެ އިލްމްވެރިންގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓާފަ ވާކަމަށެވެ. 

ޝެއިހް ނިޝާންއަށް ކުރެވޭ ތުހުމަތުތަކާއި ހުއްދަ ހިފެއްޓި ސަބަބު

މިނިސްޓްރީގެ ބަޔާނުގައި ނިޝާންގެ ހުއްދަ ހިފެހިއްޓި ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކުރެވި، ޖިނާއީ ތަހުގީގެއް ހިންގަމުންދާކަން ފުލުހުން މިނިސްޓްރީއަށް އަންގާފަވާތީ އެެވެ. އެގޮތުން ގަލޮޅު ރަސްމީ ދަނޑުގައި ހިންގު ހަރަކާތަށް އަމާޒުކޮށް ފުލުހުންގެ ސަފުތައް ފޫއަޅުވާލައި، ބަންދުކޮށްފައިވާ ސަރަހައްދަށްވަދެ، ދައުލަތުގެ މުދަލަށް ގެއްލުންދި، ދައުލަތުގެ ވަޒީރުންނާއި އިއްޒަތްތެރިން އަދި އެކުވެރި ދައުލަތްތަކާއި ބައިނަލްއަގްވާމީ ޖަމާއާއަތްތަކުގެ ޑިޕޮލޮޓުންނާއި މަންދޫބުންނަށް ހަމަލާދީ ހަމަނުޖެހުން ހިންގި އެއްވުމަށް ދައުވަތު ދީ، އެ އެއްވުމުގައި އިސްކޮށް ނިޝާން ހަރަކާތްތެރިވެފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. 

ޝެއިހް ފަޒްލޫނަށް ކުރެވޭ ތުހުމަތުތަކާއި ހުއްދަ ހިފެއްޓި ސަބަބު

  • ލޮޅު ރަސްމީ ދަނޑުގައި ހިންގު ހަރަކާތަށް އަމާޒުކޮށް ފުލުހުންގެ ސަފުތައް ފޫއަޅުވާލައި، ބަންދުކޮށްފައިވާ ސަރަހައްދަށްވަދެ، ދައުލަތުގެ މުދަލަށް ގެއްލުންދި، ދައުލަތުގެ ވަޒީރުންނާއި އިއްޒަތްތެރިން އަދި އެކުވެރި ދައުލަތްތަކާއި ބައިނަލްއަގްވާމީ ޖަމާއާއަތްތަކުގެ ޑިޕޮލޮޓުންނާއި މަންދޫބުންނަށް ހަމަލާދީ ހަމަނުޖެހުން ހިންގި އެއްވުމަށް ދައުވަތު ދީ، އެ އެއްވުމުގައި އިސްކޮށް ނިޝާން ހަރަކާތްތެރިވެފަވާތީ
  • އެ ހަމަނުޖެހުން ހިންގައިގެން، ހައްޔަރުކުރި ފަރާތްތަކުގެ އަމަލުތަކަށް ހިތްވަރުދީ އެ އަމަލުތައް ދިފާއަށް، އަދި އެފަރާތްތަކުގެ މައްޗަށް ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ފިޔަވަޅު އެޅުއްވި ފަނޑިޔާރުންނަށް ނިސްބަތްކޮށް "ތަކްފީރީ ސީއާއިން" ސޯޝަލް މީޑިއާގައި މުލާތުކޮށްފައިވާކަން އެނގެން އޮންނާތީ
  • މިކަންކަމާ ގުޅިގެން އޭނާގެ ޖިނާއީ ތަހްގީގެއް ފުލުހުން ހިންގަމުންދާތީ

މީގެ އިތުރުން މިނިސްޓްރީގެ ބަޔާނުގައި ވަނީ، އިސްލާމުދީނުގެ ނަމުގައި މަދު ބަޔަކު ހިންގާ ނޭއްގާނީ އަމަލުތަކުގެ ނާޖާއިޒް ފައިދާ ނަގައި އިސްލާމް ދީނަށާއި ދީނީ އިލްމުވެރިންނަށް ނިސްބަތްކޮށް ބަދުބަސް ބުނުމާއި މަދު ބަޔަކު ހިންގާ ހަރުކަށި އަމަލުތައް ހުރިހާ ދީނީ އިލްމުވެރިންގެ ބޮލުގައި އެޅުވުމަށް ބަޔަކު މަސައްކަތް ކުރަމުން އަންނަ އައުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.

މިނިސްޓްރީން ބުނީ، މުޖުތަމައުގައި ދީނީ އިލްމުވެރިންނަށް އޮންނަ ގަދަރާއި ހައިބަތު ކުޑަކުރުމަކީ ހަރުކަށިކަމަށް ހުޅުވާލެވޭ ދޮރެއް ކަމަށާއި، ބާތިލު ފިކުރަށް މީހުން ދަނީ ދީނުގެ ސައްހަ އިލްމު ނެތުމުން ކަމަށެވެ. 

އަދި، އެފަދަ ފިކުރުތަކާ ދެކޮޅަށް ހިންގަން ޖެހޭ އެންމެ މުހިންމު ހަރަކާތަކީ ރާއްޖޭގައި ހުރިހާ ފަންތިތަކާއި ގިންތިތަކަށް ދީނީ އިލްމު ފޯރުކޮށްދިނުންކަން ފާހަގަކޮށް މިނިސްޓްރީން ވަނީ، ދީނުގެ އިރުޝާދު ދިނުމުގައި ޝަރުއީ ރީވެތި އުސޫލުތަކާއި މިންގަނޑުތައް ހިފެހެއްޓުމަށް ހުރިހާ އިލްމުވެރިންނަށް އިލްތިމާސްކޮށްފަ އެވެ.

33%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
58%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް