"ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ މުހައްމަދު އިސްމާއިލާއި އަލީ ނަސީމަށް ބަންދުގެ މުއްދަތު ފަސްދުވަހަށް ޖަހާފައިވާ ކަމަށެވެ.
އެމީހުން ހައްޔަރުކުރީ ކާނިވާ ސަރަހައްދުގައި ތިއްބާ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.
ޔޯގާޑޭގެ ހަމަނުޖެހުންތަކާ ގުޅިގެން ޝެއިހް ފަޒްލޫން ބިން މުހައްމަދު އާއި ޝެއިހް އާދަމް ނިޝާން ވެސް ވަނީ ހައްޔަރު ކޮށްފަ އެވެ.
ޔޯގާ ހަރަކާތް ހުއްޓުވި މައްސަލަ އާއި ގުޅިގެން ފުލުހުން ވަނީ އިއްޔެގެ ކުރީދުވަހު ހައްޔަރުކުރި ހަ މީހުންނެވެ.
ހައްޔަރުކޮށްފަވާ މީހުން
މިމީހުންގެ ތެރެއިން ހަތަރު މީހެއްގެ ބަންދަށް ދެމަސް އަދި ދެ މީހެއްގެ ބަންދަށް ފަސް ދުވަސް އިއްޔެ ވަނީ ދީފަ އެވެ. އެ މީހުންގެ ތެރެއިން ދެމަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ މުހައްމަދު ނަދީމާއި މުހައްމަދު މައުސޫމާއި، މުހައްމަދު ހުސައިންގެ އިތުރުން އަމީން އަހްމަދެވެ.
ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ މުހައްމަދު ޛިލްޔަން އާއި ޝާމީ ރަޝާދު އިދްރީސް އެވެ.