ސްޓެލްކޯ
މާލޭގެ 5 ސަރަހައްދަކުން ކަރަންޓު ކަނޑާލަނީ މަސައްކަތެއް ކުރުމަށް: ސްޓެލްކޯ
Share
މާދަމާ ހެނދުނު މާލޭގެ ފަސް ސަރަހައްދަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
Advertisement

ސްޓެލްކޯއިން ބުނީ އެ ކުންފުނިން ރައްޔިތުންނަށް ދެމުން ގެންދާ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ގުރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑްގައި ކޮންމެހެންވެސް ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ކަމަށެވެ. 

ކަރަންޓުގެ ހިދުމަތް މެދުކަނޑާލުމަށް ސްޓެލްކޯއިން ބުނެފައިވަނީ މާދަމާގެ ހެނދުނު 6:30 އިން 7:30 އާއި ދެމެދު އެވެ. 

ސްޓެލްކޯގެ މަސައްކަތް ކުރިއަށްގެންދަނީ މާލޭގެ ފަސް ސަރަހައްދެއްގަ އެވެ. އެހެން ކަމުން އެ ސަރަހައްދުތަކުން 10 މިނެޓަށް ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެ އެވެ. 

ކަރަންޓް ކެނޑޭނެ ސަރަހައްދުތަކުގެ ގޮތުގައި ސްޓެލްކޯއިން ފާހަގަކޮށްފައިވާ ސަރަހައްދުތަކަކީ

  • ހެންވޭރު ދަނޑު ހިމެނޭ ސަރަހައްދު 
  • ކާނިވާ ސަރަހައްދާއި، ހެންވޭރު ދަނޑު ހިމެނޭ ސަރަހައްދު
  • ގާކޮށި ފުލެޓާއި، އަރަބިއްޔާ ފުލެޓު ހިމެނޭ ސަރަހައްދު 
  • މާފަންނު މަދަރުސާއާއި ދުނބުރި މިސްކިތް ހުންނަ ސަރަހައްދު 
  • މަޖީދީމަގު ފިނިޕާކު ހިމެނޭ ސަރަހައްދާއި، ގަޑިބުރު ސަރަހައްދު
50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް