މައްސަލައާ ގުޅިގެން އިއްޔެ ހައްޔަރުކުރި ހަ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އެ މީހުންގެ ތެރެއިން ދެ މީހެއްގެ ބަންދަށް ދެމަސް، އަނެއް ދެމީހުންގެ ބަންދަށް ފަސް ދުވަސް އަދި އަނެއް ދެމީހުންގެ ބަންދަށް ހަތް ދުވަހުގެ މުއްދަތެއް މިއަދު ވަނީ ދީފަ އެވެ.
ރޭ ހައްޔަރުކޮށްފަވާ މީހުން
އެމީހުންގެ ތެރެއިން ދެމަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ 26 އަހަރުގެ ނަސޫހް އާއި 33 އަހަރުގެ ރިފާއު އެވެ.
ފަސް ދުވަހުގެ ބަންދުގެ މުއްދަތެއް މުހައްމަދު އިސްމާއީލް އާއި އިބްރާހިމް ރައްޒާންއަށް ދީފައިވާއިރު ޝެއިހް އާދަމް ނިޝާން އާއި ފަޟްލޫން މުހައްމަދުއަށް ދީފައިވަނީ ހަތް ދުވަހުގެ މުއްދަތެކެވެ.
ޔޯގާ ހަމަނުޖެހުމާއި ގުޅިގެން މިހާތަނަށް ޖުމްލަ 12 މީހަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.
މިމައްސަލައާ ގުޅިގެން ކުށުގެ ވެށިން ހައްޔަރުކޮށްފައިވަނީ
ހައްޔަރުކުރި ހަ މީހުން--
މިމީހުންގެ ތެރެއިން ދެމަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ މުހައްމަދު ނަދީމާއި މުހައްމަދު މައުސޫމާއި، މުހައްމަދު ހުސައިންގެ އިތުރުން އަމީން އަހްމަދެވެ.
ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ މުހައްމަދު ޛިލްޔަން އާއި ޝާމީ ރަޝާދު އިދްރީސް އެވެ.
މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި މި ހާދިސާއާ ގުޅޭ މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ އެއްކުރުމަށް އޮންލައިން ޕޯޓަލްއެއް ވެސް އިއްޔެ ވަނީ ގާއިމް ކޮށްފަ އެވެ.